ރިޕޯޓް
ބައިނަލް އަގުވާމީ ޕާސްތާ ދުވަސް

ދުނިޔޭގެ ތާރީޚަށް ބަލާލާއިރު ތަފާތު ދުވަސްތައް އަންނަނީ ފާހަނގަކުރަމުންނެވެ. އެގޮތުން މިއަދަކީ ދުނިޔޭގެ ޕާސްތާ ދުވަހެވެ. ކޮންމެ އަހަރަކުވެސް އޮކްޓޯބަރ 25 ވަނަ ދުވަސް ފާހަނގަވެގެން ދަނީ ދުނިޔޭގައި ތިބި ޕާސްތާ ލަވާސް އަށް އުފާވެރި ދުވަހަކަށެވެ. ބައިނަލްއަގްވާމީ ޕާސްތާ ދުވަހުގެ ގޮތުގައި އަދުގެ ތާރީހް ކަމުގައިވާ 25 އޮކްޓޯބަރު ފާހަގަކުރަން ނިންމީ 1995 ވަނަ އަހަރުގައެވެ. އެހެންކަމުން މިއަދަކީ ދުނިޔޭގައި މިދުވަސް ފާހަނގަކުރާ 26 ވަނަ ޕާސްތާ ދުވަހެވެ.

މިދުވަސް އެންމެ ފުރަތަމަ ފާހަނގަކުރެވުނު ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕާސްތާ އުފައްދާ 40 ކުންފުންޏަކުން ނުވަތަ ބްރޭންޑަކުން ބައިނަލްއަގްވާމީ ޕާސްތާ ކޮންގްރެސްގެ ނަމުގައި ކޮންގްރެސްއެއް ބޭއްވިއެވެ.

މިދުވަހާ ގުޅިގެން ޕާސްތާ ލަވާސްއަށް “ހުވަދޫ” ގެ ފަރާތުން މަރުހަބާ ދަންނަވަމެވެ.

ޕާސްތާގެ އެކިއެކި ވައްތަރުތައް އަހަރެމެން ދިވެހިންގެ ތެރޭގައިވެސް ވަނީ ވަރަށް މަޝްހޫރުވެފައެވެ. އެގޮތުން ބަލާލާއިރު ވައިޓް ސޯސް ޕާސްތާ، ކަޖުން ސްޕައިސްޑް ޗިކަން ޕާސްތާ، ވަޅޯމަސް ޕާސްތާ، ޕާސްތާ ބޮލޮގޮނައިޒްގެ އިތުރުން އަލިއޯ އެ އޮލިއޯ ޕާސްތާ އަކީ ދިވެހިންގެ މަޤްބޫލުކަން ހޯދާފައިވާ ރެސިޕީތަކެކެވެ.

ޕާސްތާއަކީ ބަރުދަން ލުއިކުރާ މީހުންނަށް ވަރަށް މުހިންމު ކެއުމެކެވެ. އިޓަލީގެ ސައިންސްވެރިން ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި އެކަށީގެންވާ ބަރުދަނެއްގައި ހުރުމަށް ޕާސްތާ އެހީވެދެއެވެ. ސައިންސްވެރިން ބުނަނީ އާންމުކޮށް ޕާސްތާ ކައި މީހުން މެދުގައި ހަށިގަނޑު ފަލަނުވެ ރަނގަޅު މިންވަރެއްގައި ހިފެހެއްޓުމުގެ ފުރުސަތު ބޮޑުކަން ފާހަގަވެފައިވާ ކަމަށެވެ.

ނިއުޓުރިޝަން އެންޑް ޑައިބެޓީސް ގައި ޕަބްލިޝް ކޮށްފައިވާ މި ދިރާސާގައި ކަނޑައަޅާފައި ވަނީ ޕާސްތާ އަކީ ކާން ރަނގަޅު ސިއްހީ އެއްޗެއް ކަމަށެވެ. މި ދިރާސާގައި ފާހަގަވި އަނެއް ކަމަކީ ޕާސްތާ ގިނައިން ކައި އުޅޭ މީހުން ސިއްހީ ޑައެޓެއް ކަމަށް ބަލާ މެޑިޓެރޭނިއަން ޑައެޓް ބޭނުންކުރުން އިތުރު ކަމެވެ.

ސައިންސްވެރިން ދެކޭގޮތުގައި މެޑިޓެރޭނިއަން ޑައެޓަކީ ހަނދާން ނެތުމާއި ސްޓްރޯކް ޖެހުމަށާއި ހިތުގެ ބަލި ފަދަ ކަންކަމަށް އެކަށީގެންވާ ޑައެޓެކެވެ. މެޑިޓެރޭނިއަން ޑައެޓްގައި ޒައިތޫނު ތެލާއި ތަރުކާރީ އާއި މޭވާ އާއި މަހާއި ގޮވާމުގެ ބާވަތްތައް ހިމެނެ އެވެ. އަދި މި ޑައެޓްކޮށްގެން ހަށިގަނޑު ފަލަނުވެ ހެޔޮވަރު މިނެއްގައި ބެހެއްޓިދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

Comment