ޚަބަރު
ފޮރިން މިނިސްޓަރު ހުންނެވީ ގާނޫނާ ޚިލާފުވެގެން، މަގާމުން ވަކިކުރުމުގެ މައްސަލަ ކޯޓަށް ހުށަހަޅާނަން – ޖާބިރު

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހުންނެވީ ގާނޫނާ ޚިލާފުވެވަޑައިގެން ކަމަށާއި، އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފޮރިން ސާރވިސްގެ ބިލަށް ބަހުސްކުރައްވަމުންނެވެ. ޖާބިރު ވިދާޅުވީ، ގާނޫނުގައި އޮންނަގޮތުން ދިވެހިރާއްޖޭގެ އެއްވެސް ވަޒީރަކަށް އެހެން މަގާމެއް އަދާ ނުކުރެވޭނެ ކަމަށާއި، މިނިސްޓަރ ޝާހިދު ގެންދަވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވަން ކަމަށެވެ. އަދި އެއީ ގާނޫނާ ޚިލާފް ކަމެއް ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

“ރާއްޖޭގެ އެތައް ތަނެއް ނުގަވާއިދުން ބޭރު ބަޔަކަށް ދީފައި، އޭނާ އެ މަގާމުގައި އެ ހުރީ، މި މަޖިލީހުން އޭނާ ވައްކެއް ނުކުރާނެ، އޭނާ މަގާމުން ވަކިކުރަން، އަޅުގަނޑު ސުޕްރީމް ކޯޓަށް ދާނަން،” ޖާބިރު ވިދާޅުވިއެވެ.

އދ ގެ އާންމު މަޖިލީހުގެ ރައީސަކަމަށް ޝާހިދު ހޮވިވަޑައިގެންފައި ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. ޝާހިދު އެ މަގާމު އަދާކުރައްވަމުން ގެންދާތީ އިތުރު ގިނަ ބަޔަކުވެސް އެކަމަށް ވަނީ ފާޑުކިޔާފައެވެ. ނަމަވެސް ސަރުކާރުުން ވިދާޅުވެފައި ވަނީ އދ. ގެ މަސްއޫލިއްޔަތުތަކަކީ ފޮރިން މިނިސްޓްރީއާ ގުޅުންހުރި ކަންކަން ކަމަށާއި، ޝާހިދު އެ މަގާމު އަދާކުރުމަކީ ގާނޫނާ ހިލާފްވާ ކަމެއް ނޫން ކަމަށެވެ.

  1. ފައިސަލް

    ރަނގަޅު ކަމެއް.