ޚަބަރު
އުފާވެރި މަންޒަރެއް، ފުރަތަމަ ފަހަރަށް ތިނަދޫގައި ރީޑިންގ ނެގުމަށް ކަނބަލެއް

މިދިޔަ މަހުން ފެށިގެން ގދ ތިނަދޫގައި ފުރަތަމަ ފަހަރަށް ގޭގެއަށްގޮސް މީޓަރުގެ ރީޑިންގ ނެގުމަށް ފެނަކަ ކޯޕަރޭޝަން ތިނަދޫގައި މަސައްކަތް ކުރާ އަންހެން ކަނބަލެއް މަސައްކަތް ކުރަން ފަށައިފިއެވެ.

މިއީ މީގެ ކުރިން ތިނަދޫއިން ފެނިފައިވާ މަންޒަރެއް ނޫނެވެ. އަބަދުވެސް ތިނަދޫގައި ރީޑިންގ ނެގުމުގެ މަސައްކަތް ކުރަމުންގެންދަނީ ފިރިހެން މުވައްޒަފުންނެވެ. ނަމަވެސް މިފަހަރު ފެނަކަ ތިނަދޫ ބްރާންޗުން މިވަނީ އެކަން ބަދަލުކޮށްލާ ފުރަތަމަ ފަހަރަށް ރީޑިންގ ނެގުމުގެ މަސައްކަތަށް އަންހެން ކަނބަލެއް ނެރެފައެވެ.

މިކަމާ ގުޅިގެން ތިނަދޫ ބްރާންޗުގެ ވިސްނުމަކީ ކުންފުނިން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުންފުނީގެ ހުރިހާ މަސައްކަތެއްގަވެސް ކުންފުނީގެ އަންހެން ކަނބަލުން ޝާމިލުކޮށްގެން މަސައްކަތުގެ މާހައުލަށް އަންހެނުންގެ ދައުރު އިތުރު ކުރުމަށް ކަމަށް ފެނަކަ ކޯޕަރޭޝަން ތިނަދޫ ބްރާންޗުން މައުލޫމާތު ދެއްވިއެވެ. އަދި ފެނަކައިގެ އަމާޒަކީ އަންހެނަކަށް ވިޔަސް ކޮންމެ މަސައްކަތެއްވެސް ކުރެވޭނެ ކަމެއްކަން ސާބިތުކޮށްދިނުން ކަމުގައިވެސް އެފަރާތުން މައުލޫމާތު ދެއްވިއެވެ.

އޭނާ އިތުރަށް ބުނީ، މިދިޔަ މަހުން ފެށިގެން ފެނަކަ ތިނަދޫ ބްރާންޗުގެ އަންހެން ކަނބަލުން ރީޑިންގ ނެގުމުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، މުސްތަގްބަލުގައި ވީހާވެސް ގިނަ އަންހެން މުވައްޒަފުން މަސައްކަތުގެ މާހައުލުގައި އެންމެ ކުރީސަފަށް ނެރުމަކީ ފެނަކައިގެ އަމާޒެއް ކަމަށެވެ.

  1. ސައުދު

    ހެހެހެ.އެމްޑީޕީ އެކްޓްވިސްޓުންނަކީ ވަޒީފާ ނުލިބި ތިބެންޖެހޭބަޔެއްނުން.ވޭތުވެދިޔަ ކަަައުންސިލްގަތިބި އެންމެނަށް އެކި ނަންނަމުގަ މަގާމްތައްހަދާފަ ދީފި.މީވެސް އެކަހަލަ ކަމެއް.ކުރާނެ ކަމެއްނެތިއްޔާ ކޮންމެވެސް ކަމެއްކުރަން އެބަޖެހޭތާ.އިއްޔެވެސް ނޫހުގަ އޮތީ މޯލްޑިވިއަންގެ ޑީއެމްޑީ ގެ ކޮޓަރިކޮޅު ސައުންޑް ޕުރޫފް ކުރިވާހަކަ.އެއީއެއްވެސް މަސައްކަތެއްނެތި އޮފީހުގަ މަޖިލިސް ބެލުމާ ރައްޓެހިންނާ ގުޅައިގެން އަޗާތެޅުން އޮންނަމީހެއް.އެހެންމީހުންނަށް އަޑުއިވިދާނެތީ ސައުންޑް ޕުރޫފް ކޮށްލީކަމަށްވަނީ.

  2. ސުވައިދީބު

    ތިނަދޫ ފެނަކަ އޮފީހުގެ ހުރި ގޮނޑިއަށްވުރެން މުވައްޒަފުންގިނަ.އެއްބަޔަކު ބުރޭކަށް ދިޔައިމަ އިށީންނަން ގޮނޑިއެއްލިބެނީ.ތިބެނީ އިންތިޒާރުގަ.ކުރާނެކަމެއްނެތިފަ.