ޚަބަރު
ހަވަރު ސްޕޯޓްސްއިން ތިނަދޫ ކައުންސިލްގެ އޮފީސް ފުޓްސަލް މުބާރާތް އަންނަ މަހު 15 ގައި ބާއްވާނީ

ގދ ތިނަދޫ ކައުންސިލުން މިއަހަރު ބާއްވަން ހަމަޖެހިފައިވާ އޮފީސްތަކުގެ ފުޓްސަލް މުބާރާތް އިންތިޒާމުކޮށް ހިންގުމަށް ހަވަރު ސްޕޯޓްސް އާއި ޙަވާލުކޮށްފިއެވެ.

ތިނަދޫ ގައި އޮފީސް ތަކުގެ މެދުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް މި މަހުގެ ކުރީ ކޮޅު ތިނަދޫ ކައުންސިލުން އިޢުލާން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅައި ކާމިޔާބު ކުރި ހަވަރު ސްޕޯޓްސްގެ ނައިބު ރައީސް މުހައްމަދު ޔާސިރު، ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ތިނަދޫ ގައި މިފަދަ މުބާރާތެއް ބޭއްވުމުގެ ފުރުސަތު އަނެއްކާވެސް ހަވަރު ސްޕޯޓްސް އަށް ލިބުމުން އެކަމާ ވަރަށް ހިތްހަމަ ޖެހޭކަމަށެވެ. އިތުރަށް ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ އަންނަ މަހު 15 ގައި މުބާރާތް ބޭއްވުމަށް މިއަދު އިޢުލާން ކޮއްފައިވާއިރު ކުރިން ބޭއްވި އޮފީސްތަކުގެ މުބާރާތްތަކުގައި ދިމާވި މައްސަލަ ތަކަށް ބަލައި އެތައް ކަމެއް ރަނގަޅު ކުރެވޭނެކަމަށާއި އޮފީސް ތަކުގެ މެދުގައި މިފަދަ މުބާރާތެއް ނުބޭއްވި ގިނަ ދުވަސްތަކެއް ވުމާއިއެކު, ފޯރިގަދަ ވާނެތީ މިމުބާރާތް ފެންވަރު ރަނގަޅުކޮށް ރާއްޖޭގެ މަޝްހޫރު ޗެނަލް ތަކުން ލައިވް ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

ތިނަދޫ ކައުންސިލްގެ އޮފީސްތަކުގެ ފުޓްސަލް މުބާރާތް ހަވަރު ސްޕޯޓްސް އިން އެވޯޑް ކުރުމުން އިއްޔެ ވަނީ އެ ޖަމްޢިއްޔާ އާއި ރަސްމީކޮށް މަސައްކަތް ހަވާލު ކޮއްފައެވެ. ތިނަދޫ ކައުންސިލް ގެ ބައްދަލުވުން ބާއްވާ މާލޭގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތު ގައި ކައުންސިލް ގެ ފަރާތުން ސޮއި ކުރެއްވީ ރައީސް ސަޢުދު އަލީއެވެ. ހަވަރު ސްޕޯޓްސް ގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ފައުންޑަރ މެންބަރ އަދި ޖެނެރަލު ސެކްރެޓެރީ އިސްމާއީލް މުހައްމަދު އެވެ.
ތިނަދޫ ކައުންސިލުގެ މި އަހަރުގެ އޮފީސް ތަކުގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް ހުށަހަޅާ ފައިވާ ފައިސާ ގެ އިނާމަކީ 10000 ރުފިޔާ އެވެ.

ހަވަރު ސްޕޯޓްސްއިން މީހާތަނަށް ވަނީ 7 ފުޓްސަލް މުބާރާތް ތިނަދޫ ގައި ބާއްވާފައެވެ. ހަވަރު ސްޕޯޓްސް އިން އެންމެ ފަހުން އޮފީސް ފުޓްސަލް މުބާރާތެއް ބޭއްވީ 2016 ވަނަ އަހަރުއެވެ. އެ ފަހަރު މުބާރާތް ބާއްވާފައި ވަނީ ތިނަދޫ ފުޓްބޯޅަ ދަނޑު ގައެވެ. މިފަހަރު ފުޓްސަލް މުބާރާތް ބާއްވްން ހަމަޖެހިފައިވަނީ ތިނަދޫ އާރު އަވަށު ފުޓްސަލް ދަނޑުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!