ނަސްރުގެ ދުވަހަށް ޚާއްޞަ ކޮށްގެން ވާހަކަ ދެއްކުމުގެ މުބާރާތެއް ބާއްވަން ގ ދ މަޑަވެލި އތމ.ކޮމެޓީ އިން ނިންމައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މަޑަވެލީ ކައުންސިލާއި އެރަށު އަންހެންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީ އާއި ގުޅިގެން ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަ ދެއްކުމުގެ މުބާރާތާއި ބެހޭގޮތުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން މަޑަވެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ރައީސާ ނަދީމާ ތައްޚާން މިއަދު ވިދާޅުވީ މިއަދު ހުޅުވާލާފައި ފުރުސަތު ގައި ބައިވެރި ވެވޭނީ އުމުރުން 13 އަހަރާއި 16 އަހަރާއި ދެމެދުގެ ސްކޫލް ދަރިވަރުންނަށް އެކަނި ކަމަށާއި ބައިވެރި ވުމަށް ބޭނުންވާ ފަރާތްތަކަށް ނަމާއި އުމުރު އަދި އެޑްރެސް 7857789 ނަމްބަރަށް އެސްއެމްއެސް ކުރެއްވުމުން ބައިވެރިވެވޭނެ ކަމަށެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން ނަދީމާ ވިދާޅުވީ މި މުބާރާތުގެ ބޭނުމަކީ ނަސްރުގެ ދުވަސް ފާހަގަ ކުރުން ކަމަށް ވިޔަސް މައުޟޫތައް ހުންނާނީ ޤައުމީ އެކިއެކި ކަންކަމަށް ކަމަށާއި މައުޟޫ ދޭނީ ކޮމިޓީ އިން ކަމަށެވެ.
ޑަވެލީގައި ނަސްރުގެ ދުވަހަށް ޚާއްޞަ ކޮށްގެން ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތުގައި ބައިވެރިވުމުފެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ 14:00 އާ ހަމައަށެވެ.
މި މުބާރާތުގައި 1 ،2، 3 ވަނަ އަދި ގަދަ 5 ވަނަ ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މުބާރާތް އޮންނާނީ މަޑަވެލި ކައުންސިލްގެ ޖަލްސާ ހޯލުގައެވެ