ޚަބަރު
ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ދިދަނެގުމުގެ ރަސްމިއްޔާތެއް ބުދަ ދުވަހު ބާއްވަނީ

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ 10 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި، ޚާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމައިފިއެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސުގައި ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ މި އިވެންޓަކީ ޕީޕީއެމްއަށް 10 އަހަރު ފުރުން ފާހަގަ ކުރުމަސް ބާއްވާ ޚާއްސަ ހަރަކާތެއް ކަމަށެވެ. މިއިވެންޓް މާލޭގައި އޮންނާނީ ޕީޕީއެމް އޮފީސް ދޮރުމަތީގައެވެ. ދިދަ ނެގުމުގެ ރައްމިއްޔާތުގައި ޕީޕީއެމްއަށް ތާއީދު ކުރައްވާ ބޭފުޅުން، މިނިވަން ކަމުގެ ދިފާއުގެ ޓީޝާޓު ލައިގެން އައުމަށް ޝުޖާ ވަނީ އެދިފައެވެ. އަދި މިނިވަން ކަމުގެ ދިފާއުގެ ޓީޝާޓު ނެތް މީހުން ރަތް ކުލައިގެ ޓީޝާތެއް ލައިގެން އައުމަށް އޭނާ ވަނީ އެދިފައެވެ.

މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެރޭ 9:00 ގައެވެ. ހުރިހާ ރަށެއްގައިވެސް މި ހަރަކާތް އޮންނާނީ އެގަޑީގައި ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގެ ހުރިހާ ރަށެއްގައިވެސް ދިދަ ނަގުމުގެ ރަސްމިއްޔާތު އޮންނާނެކަމަށް ޝުޖާ ވިދާޅުވިއެވެ. ޕީޕީއެމް އުފެދުނީ 27 އޮކްޓޯބަރ 2011 ގައެވެ. އެޕާޓީގައި މިހާރު 37093 މެމްބަރުން ތިބެއެވެ.

ޕީޕީއެމްއިން އަހަރީ ދުވަސް ފާހަގަ ކުރުމަށް އިތުރު އިވެންޓުތަކެއް ބާއްވާ ކަމެއް އަދި މައުލޫމާތު ލިބިފައި ނުވެއެވެ. ނަމަވެސް ކޮންމެ އަހަރުވެސް އެޕާޓީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ޖަލްސާއެއް ނުވަތަ އެފަދަބޮޑު އިވެންޓެއް ބާއްވައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!