1996 ވަނަ އަހަރު ހުވަދު އަތޮޅު ރަށެއްގެ މީހަކު ބޯޓް ދަތުރު ކުރަން އުޅެފަ ރަށައް އައިއިރު 12 އިންޗްގެ ޓީވީ އަކާއި ކުޑަ ޖަނަރޭޓަރެއް ރަށަށް ގެނައެވެ. ޓީވީ އަކީ ރަށަށް މުޅިން އާއެއްޗެކެވެ. އެހެން ކަމުން ޓީވީ ބަލަން ރަށުގެ އެންމެން އެއްވެއެވެ. ބައެއްފަހަރު ގޭގެ އެތެރޭގަ ފިލުމު އަޅުވާއިރު ހައުސްފުލް ވެގެން ގޭގެ ފާރުގަ ހުންނަ ލޯވަޅުތަކުގަ ލޯ ޖަހައިގެންވެސް ފިލުމު ބަލަން ތިބެން ޖެހެއެވެ.
ބޯޓް ދަތުރު ކުރަން އުޅުނު މީހާ އެނބުރި ރަށުން ފުރީ އޭނާގެ ކޮށްކޮއަށް ޓީވީ އާއި ޖަނަރޭޓަރު ހަދިޔާކޮށްފައެވެ. އެމީހާ ދިޔުމުން އޭނާގެ ކޮށްކޮ އެރޭ 8 ޖެހިއިރު ޓީވީ ބޭރަށް ނެރެ ފިލުމު އަޅުވަން ތައްޔާރު ވެއްޖެއެވެ. އިސާހިތަކު މަގުމަތީ ގޮޑިބަރި ޖަހައި މަގު ފުރާލައިފިއެވެ. އޭރު އަޅުވަނީ އޭރުގެ މަޝްހޫރު ހިންދީ ފިލުމުތަކެވެ. ޕޫލްއަރުކާންޓޭ، މޮހޮރާ، ވިޖޭޕަތް، ވަގުތުހަމާރާ ފަދަ ގަދަ ފިލުމު ތަކެވެ.
ފިލުމު އަޅުވަން ޓޭޕް ވީސީއާރު ތެރެއަށް ލައްވައި އުޅެއުޅެ ޓީވީ އަކުން މަންޒަރެއް ނުފެނުނެވެ. އެގޮތް މިގޮތް ހަދައި އުޅެ އުޅެވެސް ޓީވީ ބެލޭގޮތެއް ނުވިއެވެ. އެންމެފަހުން ވީސީއާރު އަށް ލެއްވި ޓޭޕް ނަގަން އުޅެއުޅެ އެކަމެއްވެސް ނުވިއެވެ. ގަޑިން 11 ޖަހަން ކައިރި ވުމުން ފިލުމު ބަލަން އެއްވެފަތިބި ބައެއް ކުދިންނާއި މީހުން ނިދިއައިސްގެން ގެއަށް ގޮސްފިއެވެ. އަދިވެސް ފިލުމު އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެންމެފަހުން ޓޭޕް ނުނެރެވިގެން ވީސީއާރު އެތެރެއަށް ވަޅީ ތުޑު ލައްވައި ޓޭޕް ނެރުނެވެ.
ކަންވީ ގޮތަކީ ވީސީއާރު އަށް ޓޭޕް ލެއްވިތަނުން ވީސީއާރުން ކަރަންޓް ދިޔައީއެވެ. ކަރަންޓް ދިޔަކަމެއް އެމީހުންނަށް ނޭގުނީއެެވެ. އެންމެފަހުން ޓޭޕް ނެރެން މަސައްކަތް ކުރީވެސް ކަރެންޓް ނުދީއެވެ. މިކަމެއް އެމީހުންނަށް އެގުނީ ވީސީއާރު ތެރެއަށް ވަޅީ ތުނޑު ލައްވައި ޓޭޕް ނެގިފަހުންނެވެ. ވީސީއާރު ވެސް ހަލާކުވީއެވެ.
ތިޔައީ މާމެންދޫ މީހަކު ކުރިކަމެއް.
ދެއްވަދޫ މީހަކު ކުރިކަމަކާ ވައްތަރު
ކުޑައިރުގެ ހަދާންތަކެއް އާވެއްޖެ. ހުވަދޫ ނިއުސް ވަރަށް ހަބޭސް. ރަޓުބަހުން މިކަހަލަ އެއްތެތި ލެޔެއްނެ ފެނެއި.
ކޮލަމާފުށި އަލިތައްކާނުބެ ޓީވީއެއް ގެނެސް ކޮލަމާފުށީ މަގުމަތީ ވަރަށް ފިލްމު ދެއްކި.
ނެލެންދޫ މީހިނެ ތިކަހަލަ ކަންތެތި ކެރެތެ
ވާދޫ މީހުންނަށް ހީވާގޮތްދޯ،.. ނިލަންދޫ ތިބީ އެންމެ ބުއްދިވެރިން. ވާދޫ ދަންނަކަލޭފާނު ދުޢާކުރީ އައްޑޫ މީހުންނަށް ޢިލްމު އިތުރުކުރަން. ތިރަށު މީހުންނަކަށް ނޫން. އެހެންވެތާ އެވާލާ ޒަމާނުގެ ތިޔަށްބޮޑު ޔުނިވާރސިޓީ ހުރި ރަށުގަ އެއްވެސް ކަމެއްނެތީ. ގައިމު ކަރަކަރައިން ޢިލްމު އުގެނެން ތިޔަ ރަށަށް ކުރީގަ މީހުންދިޔަ.
ނިލަންދޫގަ ފަޑިޔާރުންނާއި ފަންޑިތަވެރިންނާ ދެންވެސް ޢިލްމީ މީހުންތިބީ. ކަޑަވެއްޖެތަ މިހާރު.