މަޢުލޫމާތު
ސްޓްރެސްވުމަކީ އިސްތަށިގަނޑު އަވަހަށް ނުރަވާން ދިމާވާ ސަބަބެއް

މާބޮޑަށް ފިކުރު ބޮޑުވެ ސްޓްރެސްވުމަކީ އިސްތަށިގަނޑު އަވަހަށް ނުރަވާން ދިމާވާ ސަބަބެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ހާވާޑު ޔުނިވާސިޓީގެ ސައިންސްވެރިންގެ ޓީމަކުން ހެދި މި ދިރާސާއިން ދައްކާ ގޮތުން، އިސްތަށިގަނޑުގެ ކުލަ މުށި، ކަޅު، ރަތް ނުވަތަ ރީނދޫ ކުލައަށް ބަދަލުވަނީ ‘މެލަނޮސައިޓްސް’ ކިޔާ ސެލްއެއްގެ ސަބަބުންނެވެ. ނަމަވެސް މީހާ މާބޮޑަށް ސްޓްރެސް ވުމުން މި ސެލްއާ ގުޅިފައި ހުންނަ ސްޓެމް ސެލްތައް މާބޮޑަށް މަސައްކަކުރުމަށް ދިމާވާ ކަމަށްވެ އެވެ.

ނަތީޖާއެއްގެ ގޮތުން އިސްތަށިގަނޑުގެ ކުލަ އަޅިއަށް ބަދަލުވެ އެވެ. އަދި ހަށިގަނޑަށް ކުރިމަތިވާ ނުރައްކަލަކުން ދިފާއުވުމަށް ހަޑިގަނޑުގެ ނާރުގެ ނިޒާމު މަސައްކަތް ކުރާ ގޮތަކުންވެސް އިސްތަށިގަނޑު ނުރަ ވުމަށް ދިމާވެދާނެ ކަމަށް މި ދިރާސާއިން ދައްކަ އެވެ.

މި ދިރާސާ ހެދި ޓީމުގެ ލީޑަރު ޑރ. ޔާ ޗެއިހް ހްސޫ ވިދާޅުވީ، މި ދިރާސާއަކީ ކަންބޮޑުވުމުން އިސްތަށިގަނޑުގެ ނުރަވާ ކަމަށް ކަށަވަރު ކުރެވުނު ފުރަތަމަ ދިރާސާ ކަމަށެވެ. އެގޮތުން މީދާ ބޭނުންކޮށްގެން ހެދި މި ދިރާސާގައި ކަންބޮޑުވުމުގެ ސަބަބުން، އެންމެ ފަސް ދުވަހުގެ ތެރޭގައި މީދާތަކުގެ ސްޓެމް ސެލްތަކުގެ މަސައްކަތް ބަދަލުވި ކަމަށް ވިދާޅުވި އެވެ.

Comment