ޚަބަރު
އެކްސިޑެންޓެއްގައި ކުއްޖަކު މަރުވި މައްސަލައިގައި މަރުގެ ދިޔައަށް މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

އެކްސިޑެންޓެއްގައި ކުއްޖަކު މަރުވި މައްސަލައިގައި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. އެ ކޯޓުން އެގޮތަށް ހުކުމްކޮށްފައި ވަނީ ހ.ހެޕީނައިޓް އިރުމަތީބައި، މުހައްމަދު އާދަމްގެ މައްޗަށެވެ.

2014 ވަނަ އަހަރު ޑިސެންބަރު މަހުގެ ހަ ވަނަ ދުވަހުގެ ހަވީރު މަލޭގެ މަޖީދީ މަގުގައި ޕިކަޕާއި ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓްގައި ސައިކަލު ފަހަތުގައި އިން ހަތަރު އަހަރުގެ ޝަދުވާން ޝާފިއުއަށް ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި މައްސަލައިގައި ކްރިމިނަލް ކޯޓުން މުހައްމަދު އާދަމްގެ މައްޗަށް ކުރި ހުކުމްގައި ބުނެފައިވަނީ އެކްސިޑެންޓްގައި ނިޔާވި ހަތަރު އަހަރުގެ ކުއްޖާގެ މަންމަ އާއި ބައްޕަ، މަރުގެ ދިޔަ ބޭނުންވާކަމަށް ބުނެފައިވާތީ، އެއް މިލިއަން ރުފިޔާ ފަސް އަހަރު ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށާއި، ދެ މަސް ދުވަހުގެ ރޯދަ ހިފުމަށެވެ.

މި މައްސަލައިގައި މުހައްމަދު އާދަމްގެ މައްޗަށް ކުރަނީ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ދައުވާއެވެ. އަދި މި ހާދިސާ ހިނގިކަމަށް އޭނާ އިންކާރަކޮށްފައިނުވާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ އޭނާގެ ބަނޑާއި އުނަގަނޑަށް އެރި ތަދެއްގެ ސަބަބުން ކަމަށް ބުނެފައި ވެއެވެ. ނަމަވެސް އެފަދަ ކަމެއް މެދުވެރިވެދާނެ ސަބަބެއް އޭނާގެ މެޑިކަލް ރެކޯޑް ތަކުން ނުދައްކާ ކަމަށް ހުކުމްގައި ވެއެވެ.

މިއާއެކު އޭނާގެ މައްޗަށް ކުރާ ދައުވާ ސާބިތުވެ، އެ ކުށުގެ އަދަބެެއްގެ ގޮތުގައި 250 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފައި ވެއެވެ.

2014 ވަނަ އަހަރު މި ހާދިސާ ހިނގާފައި ވަނީ، އެ ދުވަހުގެ ހަވީރު 5.37 ހާއިރު މުހައްމަދު އާދަމް މަޖީދީ މަގުގެ ހުޅަނގުން އިރަށް ބާރު ސްޕީޑެއްގައި ގަވާއިދާއި ހިލާފަށް، މަގުގެ ކަނާތްފަޅިން ޕިކަޕް ދުއްވާފައި ދަނިކޮށް، އެ މަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ދެ ސައިކަލު އެކްސިޑެންޓްވެގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!