ކޮލަމް
ސައިކަލުގެ ފަހަތަށް އެރީ އިންސާނެއް ނޫންކަން އެނގުނީ މާފަހުން

އިރުއޮއްސި ދުނިޔެ މައްޗަށް އަނދިރިވެ، ރަތްވިލާ އޮނބެން ފެށުމާއެކު، މަޣުރިބު ނަމާދަށް ބަންގި ގޮވިއެވެ. ހަވީރު ކުޅެން ދިޔަ އަރީފް، ކުޅެ ނިންމާލުމަށް ފަހު، ރައްޓެހިން އެކުގައި އިރުކޮޅަކު ދަނޑު މަތީގައި ސަމާސާކުރުމަށް އިށީނދެލައިގެން ތިބުމަށްފަހު، ގެއަށް ދިޔުމަށް ސައިކަލަށް އަރައި ސްޓާޓް ކޮށްލިއެވެ.

ގެއަށް އައިސް މަގުމަތީގައި ސައިކަލް ޕާކްކޮށްލުމަށްފަހު، ގެއަށް ވަދެ ފެންވަރަން ވަނެވެ. އަރީފުގެ މުޅި ސިކުނޑިއަށް ވެރިވެފައިވަނީ ގެއަށް އައި މަގުމަތީގައި ދިމާވި އަންހެން ކުއްޖެއްގެ ސޫރައެވެ. ސައިކަލުން އައި މަގުމަތީގައި ހަތަރު އަނގޮޅިން ކުއްލިޔަކަށް އެއަންހެން ކުއްޖާ ނުކުތުމުން، ބުރަކި ޕެޑަލްއަށް އެއްކޮށް ފިއްތައިގެން ސައިކަލް މަޑުކޮށްލެވުނީ ހަމަ ކިރިޔާއެވެ. ބިރުގެންފައި ހުރި އެމަންޖެ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ލަދުރަކި ހިނިތުންވުމެއް މޫނަށް ގެންނައުމާއެކު، އެމަންޖެ ހިގައިގަތެވެ. އަރީފަށް އިރުކޮޅަކު ސައިކަލްމަތީގައި އާޝޯޚްވެފައި އިނުމަށްފަހު ސައިކަލް ދުއްވާލިއެވެ. އެއީ އާންމުކޮށް ރަށުތެރެއިން ފެންނަ މޫނެއް ނޫނެވެ.

ފެންވަރައި ނިމިގެން ކޮޓަރިއަށް ވަދެ އިރުކޮޅަކު އަރީފް އެނދުގައި އޮށޯވެ އޮތެވެ. އޭރުވެސް އަރީފަށް ސިފަވަނީ، އެ އަސަރުގަދަ ލަނދުރަކި ހިނިތުންވުމެވެ. ކޮންމެއަކަސް މިއީ ކޮން ކުއްޖެއްކަން ބަލަން އަރީފް ބޭނުން ވިއެވެ. ރަނގަޅަށް ތައްޔާރުވުމަށްފަހު އާންމުކޮށް ނުޖަހާވަރަށް ސެންޓްވެސްޖަހައިގެން އަރީފް ބޭރަށް ނުކުތެވެ.

ދޮރާށިން ނުކުމެ މޯޅިއަކަށް ދެމިލާފައި އަރީފު، ސައިކަލަށް އަރައި ސްޓާޓްކޮށް ދުއްވާލިއެވެ. ދާނެ އެއްވެސް މަންޒިލެއް ނުވތަ މިސްރާބެއް އަރީފުގެ ވިސްނުމުގައި ނެތެވެ. އިޚްތިޔާރުން ބޭރުން ކަހަލަ ގޮތަކަށް އަރީފަށް މިސްރާބު ޖެހުނީ، އެ ރީތި އަންހެން ކުއްޖާ ދިމާވި ހިސާބަށެވެ. ބައްދަލުވެދާނެކަމުގެ އުއްމީދުގައެވެ. އެރީތި މަންޖެއާއި ބައްދަލުވި ހަތަރު އަނގޮޅި އާއި އަރާ ހަމަވެއްޖެއެވެ. މަގުގައި އެއްކައިރީގައި މަނޑުކޮށްލުމަށްފަހު ހަތަރު އަނގޮޅީގައި ހުއްޓި، ހަތަރު މަގަށްވެސް އަރީފްއަށް ނަޒަރު ހިންގާލެވުނެވެ. ނަމަވެސް އެ ރީތި ކުއްޖާގެ ހިލަމެއް ނެތެވެ.

އަރީފަށް އެމަންޖެ ފެންނާނެކަމުގެ އުއްމީދު އޮތްކަހަލައެވެ. އަރީފްގެ ހިތް އެދެނީ އެމަންޖެ ދުށުމަށެވެ. އުއްމިދު ދޫކުރާކަށް ހިތް ބޭނުމެއް ނުވެއެވެ. އެކުއްޖާ ވާނީ އެހިސާބު ކައިރި ގެއެއްގެ ކުއްޖަކަށް ކަމަށް ހިތާހިތުން ބުނެލެވުނެވެ. ކުރިންވެސް ގެއަށް އައި މަގުން އަލުން އަނެއްކާ މަނޑު ސްޕީޑެއްގައި އަރީފް ސައިކަލަށް އަރައި ދުއްވާލިއެވެ. ދުއްވަމުން ދިޔައިރު، ސައިކަލުގެ ލޯގަނޑުންވެސް އަރީފަށް ބެލެނީ އެކުއްޖާ ފެނޭތޯއެވެ. ކުއްލިޔަކަށް ހިޔަންޏެއް ފަހަތުން ހުރަސްކުރިހެން ލޯގަނޑުން ހީވެގެން އަރީފް ސައިކަލް މަނޑު ކުރިއެވެ. އަދި އަރީފް ފަހަތަށް އެނބުރި ބަލައިލިއެވެ. އަރީފްގެ ހިތް ބުނިފަދައިން، ހަތަރު އަނގޮޅި ފަސްދީފައި ކަނައަތް ފަރާތުން ފުރަތަމަ ޖެހުނު ގޭގެ ދޮރާށި ކައިރީގައި ހުއްޓިލައިގެން ހުރީ ދެވަނަ ފަރާތެއް ނޫނެވެ. އަރީފް އެހޯދާ ކުއްޖާއެވެ. މަގުމަތީގައި ހުރި މަގުމަތީ ލައިޓުގެ ފަނޑު އަލިންވެސް އެމޫނު ވަކިކުރަން އަރީފަށް އެނގިއްޖެއެވެ.

ސައިކަލު އަނބުރާލުމަށްފަހު އެކުއްޖާ ކައިރިޔަށް އަރީފް މަޑު ސްޕީޑެއްގައި ކައިރި ކުރިއެވެ. މަގުމަތީ ލައިޓުގެ ފަނޑުއަލީގައި، ދޮރާށި މަތީގައި ހެދިފައި މާއަޅައި ފުރިފައި އޮތް ބޯގަންވިލާ މާތަކުގެ ހިތްގައިމު ރީތި މަންޒަރަށްވުރެ، އެމޫނު އަލިވެފައި އުޖާލާވެފައި ވެއެވެ. ކައިރީގައި މަނޑުކޮށްލުމުން އެމޫނަށް އަނެއްކާވެސް އެލަނދުރަކި ހިނިތުންވުން ވެރިވިއެވެ. އެއީ އަސަރުން ފުރިގެންވާ ހިނިތުންވުމެކެވެ. ކޮންމެވެސް ވާހަކައެއް ދައްކާލުމުގެ ނިޔަތުގައި، އަރީފް ވަރަށް ހިތްވަރުކޮށްފައި، ކޮންނަމެއްހޭ ކިޔަނީ އެހިއެވެ. ނަމަވެސް އަރީފްގެ ސުވާލުގެ ޖަވާބު އަނެއްކާވެސް އެކުއްޖާ ދިނީ، އެ ލަނދުރަކި ހިނިތުންވުމުންނެވެ.

ކުޑަކޮށް މާޔޫސްވި ނަމަވެސް، ހިތްވަރުކޮށްފައި ދެވަނަ ފަހަރަށްވެސް ވާހަކަ ދެއްކުމުގެ ނިޔަތުގައި ކޮންމެވެސް އެއްޗެއް ބުނެލަން އަރީފް މަސައްކަތް ކުރިއެވެ. ތަނަކަށް ދަނީ ހޭ އެހިއެވެ. އަދި އޭނާ ސައިކަލުގައި ގެންގޮސް ދީފާނެވާހަކަ ވަރަށް ކެރޭމީހަކަށް ހެދިގެން އަރީފު ބުންޏެވެ. ނަމަވެސް އެކުއްޖާ ސައިކަލަށް އަރާފާނެކަމުގެ އުއްމީދެއް ނެތެވެ. އެކަމަކުވެސް، ގޮވައިގެން ސައިކަލްގައި ދުއްވާލަން ދާން ބޭނުންވެފައި ހުރި ބޮޑު ކަމުންނެވެ. އަރީފް ހީކުރިގޮތާއި މުޅިން ތަފާތުކޮށް، މޫނުމައްޗަށް ކޮންމެވެސް ވަރެއްގެ ހިނިތުންވުމެއް ގެންނަމުން މަޑުމަޑުން އައިސް އެމަންޖެ އަރީފްގެ ސައިކަލް ފަހަތަށް އެރިއެވެ.

އަރީފްގެ ހިތް އުފަލުން ފުރިގެން ދިޔައެވެ. ރަނގަޅަށް ހަމަޖެހިލައިގެން ސްޓާޓްކޮށްލުމަށްފަހު، މަޑު ސްޕީޑެއްގައި ދުއްވާލިއެވެ. ގެންދަންވީ ކޮން ހިސާބަކަށް ހޭ އަރީފު އެހިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނައެވެ. އަރީފް މާބޮޑު ކަމަކަށް ނުހަދައި، ރަށްވަށައި ދުއްވާލަން އޮންނަ ރިންގް ރޯޑަށް ސައިކަލުގެ މިސްރާބު ބަދަލުކޮށްލިއެވެ. އިރުކޮޅަކުން، ރަށުގެ ބޮޑުމަގުގެ ކޮޅަށް ދެވިއްޖެއެވެ. އެއީ ރަށުގެ މީހުން އުޅޭ ސަރަޙައްދާއި ކޮންމެވެސް ވަރަކަށް ދުރު ހިސާބެކެވެ. އަރީފް މިސްރާބުޖެހީ، ރަށް ވަށައި އޮންނަ އަނދިރި ރިންގް ރޯޑަށެވެ. މަގަށް އަޅާލުމާއެކު، ފަހަތުގައި އިން ކުއްޖާ ރަނގަޅަށް ހަމަޖެހިލައިފިއެވެ. އެކުއްޖާ ކުޑަކޮށް ކުރިޔަށް ޖެހިލާފައި އަރީފާއި ގާތްވާގޮތަށް ކައިރިވެލިއެވެ.

ސައިކަލް ދުއްވަމުން ދިޔައިރު، ފަހަތުގައި އިން ކުއްޖާ ޖަހާފައި ހުރި ސެންޓުގެ މީރު ވަސް މުޅި މާހައުލަށް ފެތުރިފައިވެއެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް، ނޭފަތުގައި ޖެހިފައިނުވާ ހިތްގައިމު މީރުވަސްދުވާ ވަހެކެވެ. ކައިރިއަށް ޖެހި އަރީފުގެ ބުރަކަށީގައި ޖެހޭ ހިސާބުގައި ކައިރީގައި އިށީދެގެން އިންއިރު، އެކުއްޖާގެ ހަށިގަނޑުގެ ހޫނުކަން އަރީފަށް އިޙްސާސް ކުރެވެއެވެ.

އެ ރީތި ކުއްޖާ އަނގައިން ނުބުނެ އިންނާތީ، ވާހަކަ ނުދެކެވޭ ނުކުޅެދޭ ކުއްޖެއް ބާއޭވެސް ހިތްށް އެރިއެވެ. އަނެއްކާވެސް، ވާހަކަ ދެއްކޭތޯ އަރީފް ބެލިއެވެ. ކިޔަނީ ކޮން ނަމެއްހޭ އަނެއްފަހަރުވެސް އެހިއެވެ. ނަމަވެސް މިފަހަރުވެސް ޖަވާބެއް ނައެވެ. އެއްވެސް ގޮތަކަށް އަނގައިން ނުބުނާތީ އަރީފް ކުޑަކޮށް ކަންބޮޑުވިއެވެ.

ރަށް ވަށައި އޮންނަ ރިންގް ރޯޑުން ސައިކަލް ގޮސް، ހޭޅިފަށް ކައިރިން ދެވެން އޮންނަ ކިނބިވަލުގެ ތެރއިން ހެދިފައިވާ މަގާއި އަރައި ހަމަވިއެވެ. ފަހަތުގައި އިން ކުއްޖާ އެއްވެސް ވަރަކަށް ވާހަކަ ނުދައްކާތީ، އެއްޗެއް ބުނޭތޯ ބެލުމަށް މިމަގުން ދިޔަޔަސް އެންމެ ރަނގަޅު ހޭ އަރީފް އެހިއެވެ. އެއްވެސް ޖަވާބެއް ނައުމުން، ސައިކަލުގެ ލޯގަނޑުން ފަހަތަށް އަރީފް ބެލިއެވެ.

އަރީފަށް ލިބިގެން ދިޔައީ ވަރަށްބޮޑު ހައިރާންކަމެކެވެ. ސައިކަލުގެ ފަހަތުގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް އަދައަދާހުރި ބައްތީގެ ހުޅުކޮޅު ވަރުގެ ދެ ހުޅުކޮޅު އަރީފްގެ ބޮލާއި ދިމާލުން ފަހަތުން ލޯގަނޑު ފެނުނެވެ. އަރީފަށް ކުއްލި ސިހުމެއް ލިބުނެވެ. އޭރުވެސް އަރީފަށް ފަހަތުގައި އިށީދެގެން އިން މީހާގެ ހޫނުގެ އިޙްސާސް ކުރެވެއެވެ. މިހިސާބުން ފަހަތުގައި އިނީ އިންސާނެއް ނޫންކަން އަރީފަށް ޔަޤީންވިއެވެ. އަރީފްގެ މުޅި ހަށިގަނޑުގައި އެއްކޮށް ފިނިވެގެން ދިޔައެވެ.

އަރީފް ވަގުތުން ސައިކަލު ހުއްޓާލުމަށްފަހު، ޔަޤީން ކުރުމަށް އެނބުރި ފަހަތް ބެލިއެވެ. ބެލިއިރު، އޭނަޔަށް ލޯގަނޑުން ފެނުނު ދެ ހުޅުކޮޅު ސައިކަލުގެ ފަހަތުން ފެނުނެވެ. އަރީފަށް ބޭ އިޚްތިޔާރުގައި ހަޅޭލަވައިގަނެވުނެވެ. ސައި ކަލުން ފޭބުމަށްފަހު ވަކި މިސްރާބެއް ނެތި ދުއްވައިގަނެވުނެވެ. ފަހަތަށް އަނބުރާ ބަލާލެވުނު އިރު، ހުޅުކޮޅެއްވެސް މީހެއްވެސް ފެންނާކަށް ނެތެވެ. އިރޮކޮޅަކަށް ހާސްވެ ހަދާނެގޮތް ހުސްވެފައި ހުއްޓާ، އަރީފްގެ ކޯތާފަތުގައި ހޫނު އަތަކުން މީހަކު ބީހުމުގެ އިހުސާސް އަރީފަށް ކުރެވުނެވެ. ދެން ވީގޮތެއް ނޭގުނެވެ.

އަރީފަށް ހަމަހޭވެރިކަން ވިއިރު، އަރީފަށް އޮވުނީ، ގޭގެ އެދެއްގައެވެ. ކައިރީގައި ތިން މީހަކު ޤުރުއާން ހިފައިގެން ކިޔަވަން ތިއްބެވެ. ކައިރީގައި މަންމަ ހުރުމާއެކު، އަރީފް މަންމައަށް ގޮވިއެވެ. އަދި ކަންވީގޮތް އޮޅުން ފިލުވިއެވެ. މަންމަ ކިޔައިދިންގޮތުން، އަރީފު ކިނބިވަލުގައި ހަބަރު ހުސްވެފައި އޮއްވާ ފެނިގެން މީހަކު ހެނދުނު ގެއަށް ގެނައި ކަމަށެވެ. ގެއަށް ގެނައި އިރުވެސް އެއްވެސް ހޭވެރިކަމެއް ނެތްކަމުގައެވެ. އަރީފަށް ހޭވެރިކަން ވީ، 3 ދުވަސް ވަންދެން ފަންޑިތަ ހަދައި ކިޔެވުމުން ކަމަށެވެ.

ފަންޑިތަ ހެދި މީހާ ބުނިގޮތުން، އަރީފްގެ ސައިކަލު ފަހަތަށް އެރީ އިންސާނެއް ނޫނެވެ. އެއީ އަރީފާއި ހިތާވެގެން އުޅޭ ޖިންނިއެއްކަމެށެވެ. އެއެއްޗަށް އޭގެ މަޤްސަދު ހާޞިލްވީ، އަރީފް ނަމާދާއި، ދުރުވެ، ބޭކާރު ކަންކަމުގައި ނަމާދު އަޅައި އުޅުމުން ކަމަށެވެ. އޭގެފަހުން ދެން އެޖިންނިގެ އުދަނގުލެއް ނުފޯރާނެކަމަށް ފަންޑިތަ ވެރިޔާ ބުންޏެވެ.

ނަމާދަށް ރައްކާތެރިވެ، ހެޔޮ އަމަލުގައި ދެމިހުރުމީ، ޖިންނި ޝައިޠާނުންގެ އުދަނގުލުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު ހައްލު ކަމުގައި، އަރީފަށް އެނގިގެން ދިޔައީ މި ހާދިސާއަށް ފަހުއެވެ.

މިއީ ދަންނަ މީހަކަށް ކުރިމަތިވެފައިވާ ހަޤީޤީ ހާދިސާއެކެވެ. އެފަރާތުގެ އަސްލު ހާމަކުރަން ބޭނުން ނުވާތީ، މިލިޔުމުގައި ހިމަނާފައިވަނީ އަސްލުނަމެއް ނޫނެވެ.

 1. ކުރުވާހަކަ މުބާރާތަކަށް ވަރަށް ކަމުދޭ…އަދިނަމާދާއި ދުރު ފަރާތްްތަކަށް ރަނގަޅު މެސެޖެއް…

 2. މަގޭމަގޭ

  ރަތް ވިލާ އޮއްސެން ކާރި ވީމަ އެއް ނޫން މަގްރިބް ނަމާދަށްގޮވާނީ ރަތް ވިލާ އޮބެން ފަށާއިރު އިސާއަށް ކާރިވަމުން ދާނީ

 3. That happened to me on nov

 4. keekey bunaany dhen lol