ޚަބަރު
އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ޕެޓިޝަނުގައި ސޮއި ހޯދަން ރަށްރަށަށް

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ސަރުކާރަށް ހުށަހެޅުމަށްޓަކައި އިދިކޮޅުން ތައްޔާރުކުރި އެޕެޓިޝަނުގައި ސޮއި ހޯދަން އަތޮޅުތެރޭގެ ރަށްރަށަށް ޕީޕީއެމް/ޕީއެންސީން ދަތުރު ފަށައިފިއެވެ.

މިއަދު ހެދުނު ފެށިގެންދިޔަ މިދަތުރުގައި އިދިކޮޅު ޕާޓީގެ ޓީމް މިވަގުތު ވަނީ ކ.ހިންމަފުށަޓަށް ދަތުރުކޮށް ޑޯޓޫޑޯއަށް ގޮސް ޕެޓިޝަނުގައި ސޮއި ހޯދަން ފަށާފައެވެ. އަދި އެރަށުގައި މިރޭ ބާއްވަން ހަމަޖެހިފައިވާ ޖަލްސާގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ސޮއި ކުރަން ފެށި އެ ޕެޓިޝަނުގައި ބުނެފައިވަނީ މި ސަރުކާރުން އިންޑިއާއެކު ސިއްރު އެއްބަސްވުންތައް ގާއިމްކޮށް، އިންޑިއާގެ ސިފައިންގެ ބޭނުމަށް ތަންތަނަށް ދޫކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

ސަރުކާރުގެ ހިމާޔަތުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވަލާ އިދިކޮޅުން ވަނީ ސިލްސިލާ މުޒާހަރާތަކެއް މާލޭގައި ކުރިޔަށް ގެންގޮސްފައެވެ. އަދި ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރު ސަންޖޭ ސުދީރު ދިރިއުޅުއްވާ ގެކޮޅު ކައިރީގައިވެސް އިދިކޮޅުންވަނީ މުޒާހަރާ ކޮށްފައެވެ. އެހެންނަމަވެސް މިގޮވާލުންތަކަށް ސަރުކާރުން އިޖާބައެއް ދީފައިނުވެއެވެ.

އިންޑީޔާ ސިފައިންނާއި ދެކޮޅަށް ރާއްޖޭގައި އަޑުއުފުލަމުން ގެންދާއިރު ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވަނީ ރާއްޖެއާއި އިންޑިޔާ އިންނަ ގުޅިން ދުވަހެއް ދުވަހެއް ވަރުގަދަ ވަމުންދާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!