ޚަބަރު
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލެއް ހިންގުމުގެ ތުހުމަތުގައި ބިދޭސީއަކު ހޯދަނީ

ކުޑަކުއްޖަކާ ބަދުއަހްލާގީ އަމަލެއް ހިންގިކަމަށް ތުހުމަތު ކުރެވޭ ބިދޭސީއަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ، ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަ ކުއްޖަކާ ބަދުއަހުލާގީ އަމަލެއް ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އިއުލާންކޮށްފައިވަނީ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 36 އަހަރުގެ އިބްރާހިމް މުހައްމަދު އެވެ. އޭނާގެ ޕާސްޕޯޓް ނަންބަރަކީ AB4430714 އެވެ.

އޭނާ ހާޒިރުކުރެވެނީ ކުޑަކުއްޖަކާ ބަދުއަހްލާގީ އަމަލެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށެވެ. އެގޮތުން ރ. އުނގޫފާރު ޕޮލިސް ސްޓޭޝަން، 2021 ނޮވެމްބަރު 15 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް ފުލުހުން އެދިފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!