ޚަބަރު
ހުވަދު އަތޮޅުގެ 4 ރަށެއް ހިމެނޭހެން 18 ރަށެއް ބީލަމަށް ލައިފި

ހުވަދު އަތޮޅުގެ 4 ރަށެއް ހިމެނޭހެން 18 ރަށެއްގއި ރިސޯޓް ހެދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

ދުބާއީގައި ބޭއްވި އެކްސްޕޯއެއްގައި ރިސޯޓް ހަދަން ހުޅުވާލެވުނު ހުވަދު އަތޮޅުގެ 4 ރަށަކީ ގއ. މާރެހާ، ގއ. ފުނަދޫވިލިގިއްލާ،  ގދ. ކަނޑަހަލަގަލާގެ އިތުރުން ގދ. ފެރޭތަ ވިލިގިއްލާ އާއި ދެކާނބާ އާއި ކޮޑެރަޓާ އާއި އިތުރު ރަށެއް ހިމެނެއެވެ.

މީގެ އިތުރުން ހއ. އަތޮޅުން 2 ރަށް، ހދ، ށ، ނ، ރ އަތޮޅުން 1 ރަށާއި، މ. އަތޮޅުން 2 ރަށެއް، ފ. އަތޮޅުން 2 ރަށެއް، ތ. އަތޮޅުން 2 ރަށެއް، ލ. އަތޮޅުން 3 ރަށް ހިމެނޭގޮތަށް ހުޅުވާލެވުނު މިބީލަމަކީ އިންވެސްޓްކުރަން ރަނގަޅު ފުރުސަތުތަކެއް ހުރި ރަށްތަކެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

މިއަދު ބީލަމަށް ހުޅުވާލި ރަށްރަތުގެ ތެރޭގައި މި އަހަރުގެ ކުރީކޮޅު އިއުލާނުކޮށް މީހަކު ކުރިމަތިނުލުމުން ބީލަން ބާތިލް ކުރި ގިނަ ރަށްތަކެއްވެސް ހިމެނެއެވެ.

ރިސޯޓު ތަރައްގީކުރަން ހުޅުވާލި 18 ރަށަކީ:

ގއ. މާރެހާ – 17 ހެކްޓަރު
– ގއ. ފުނަދޫވިލިގިއްލާ – 5 ހެކްޓަރު
– ގދ. ކަނޑަހަލަގަލާ – 7.4 ހެކްޓަރު
– ގދ. ފެރޭތަ ވިލިގިއްލާ އާއި ދެކާނބާ އާއި ކޮޑެރަޓާ އާއި އިތުރު ރަށެއް – 9.26 ހެކްޓަރު

– ރ. އެއްތިގިލި އަދި އަލިފުށި ފަޅުން 10 ހެކްޓަރު – 20 ހެކްޓަރު
– މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު – 4.28 ހެކްޓަރު
– މ. މާއުސްފުށި – 10.40 ހެކްޓަރު
– ފ. އެނބުލުފުށި – 1.00 ހެކްޓަރު
– ފ. ޖިންނަތުގައު – 0.89 ހެކްޓަރު
– ތ. ކާއްޑޫ – 3.9 ހެކްޓަރު
– ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅު – 3.54 ހެކްޓަރު

– ހއ. މެދަފުށި – 10.90 ހެކްޓަރު
– ހއ. އަލިދުއްފަރުފިނޮޅު – 3 ހެކްޓަރު
– ހދ. ކުޑަފަރުފަސްގަނޑު – 1.20 ހެކްޓަރު
– ށ. ކުޑަޅައިމެންދޫ – 14.70 ހެކްޓަރު
– ލ. ކަށިދޫ – 3.1 ހެކްޓަރު
– ލ. ބޮޑުމުންޏަފުށި – 3 ހެކްޓަރު
– ލ. ދޮންބެރެހާ އަދި ހޮޅަރެހާ – 4.44 ހެކްޓަރު

މީގެ އިތުރުން ބައެއް ރަށްތަކުގައި ރިސޯޓު ތަރައްގީ ކުރެވޭނީ އެ ރަށްތައް އިތުރަށް ހިއްކައިގެން ކަމަށް ބިޑަށް ކުރި އިއުލާނުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!