ޚަބަރު
ދިވެހިރާއްޖެ އޮތީ ވިޔަފާރިތަކަށް ހުޅުވާލެވިފައި- ރައީސް

ދިވެހިރާއްޖެ އޮތީ ވިޔަފާރިއަށް ހުޅުވާލެވިފައި ކަމަށާއި އަދި އިންވެސްޓަރުންނަށް މަރުޙަބާ ކިޔަން ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަފުޅު ދެއްކަވަމުންނެވެ. މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ކުރިއަށްގެންގޮސްފައި ވަނީ ދުބާއީ އެގްޒިބިޝަން ސެންޓަރުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޫ.އޭ.އީ.އަށް ކުރައްވާ މި ދަތުރުފުޅަކީ ދުބާއީގައި ކުރިއަށްދާ އެކްސްޕޯ 2020 ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރާއްޖޭގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން އިޤްތިޞާދު ކުރިއެރުވުމުގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާނީ އެކިދާއިރާތައް ސިންދަފާތުކޮށްގެން ކުރިއެރުވުމަށާއި ތިމާވެށި ދެމެހެއްޓުމަށާއި، ރާއްޖޭގެ މުޖުތަމަޢުތަކުގެ ފާގަތިކަން އިތުރުކުރުމަށް އިސްކަންދީގެން ކުރިއެރުވުމަށް ކަމުގައެވެ. އަދި މި ލަނޑުދަނޑިތަކަކީ ދުބާއީ އެކްސްޕޯ 2020 ގައި ހުށަހެޅުއްވި ޓީމްއާ އެއްގޮތްވާގޮތަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ޕްރައިވެޓް ސެކްޓަރ ތަރައްޤީކުރުމަކީ މި ސަރުކާރުގެ އިޤްތިޞާދީ އިޞްލާހީ އެޖެންޑަރގެ މައި އެއް ތަނބުކަމުގައި ސިފަކުރައްވާފައެވެ. އެގޮތުން އޭގެތެރޭގައި ތިމާވެށި ތަރައްޤީކޮށް އެކަން އިޝްތިހާރުކުރުމުގައި ހިމެނޭ ކަންކަން ލުއިފަސޭހަކޮށް، ވިޔަފާރިއެއް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތް ލުއިކޮށްދީ، އެކަމަށް ޚަރަދުކުރާނެ ފައިސާ ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށް، ޒިންމާދާރުކަމާއެކީ، ދެފުއްފެންނާނެހެން، ބަދަލުނުވާނެގޮތަށް، އިންވެސްޓަރުންނަށް ރައްކާތެރިކަން ކަށަވަރުކުރުން ހިމެނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!