ޚަބަރު
ނޭޗަރ ޕާކެއް ތަރައްގީކުރުމަށް ހޯނޑެއްދޫ ކައުންސިލާއި ހުވަދޫ އެއިޑާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ގދ. ހޯޑެއްދޫ ހުޅަނގު އުތުރުން އޮންނަ ކުޅިތަކުގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، އެތަނަކީ އިޖުތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުން ބޭނުންހިފޭ މުހިންމު ތަނެއްގެ ގޮތުގައި، ނޭޗަރ ޕާކެއްގެ ގޮތުގައި ތަރައްގީކުރުމަށް ހޯޑެއްދޫ ކައުންސިލާއި ހުވަދޫ އެއިޑާއި ދެމެދު ސޮއިކޮށްފިއެވެ.

މިއީ ކުޅިތަކާއި، ގޮނޑޮށް އަދި މޫދުގެ ރީތި ގުދުރަތީ މާހައުލު ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތަކަށް ބޭނުންކޮށް، އާއިލާތަކަށް ހިންހަމަޖައްސާލަން ދެވޭ ހިތްފަސޭހަ މައިދާންތަކަށް ބަދަލުކުރުމަށް ހޯޑެއްދޫ ކައުންސިލުން ވެފައިވާ ވައުދާއި އެއްގޮތަށް ކައުންސިލްއާއި ހުވަދޫ އެއިޑްއާއި ގުޅިގެން ހިންގޭ މަޝްރޫއެއް ކަމަށް ހުވަދޫ އެއިޑުން މައުލޫމާތު ދެއެވެ.

ިމިމަޝްރޫއުގެ ދަށުން، ކުޅީގެ ނެތެމުންދާ ގުދުރަތީ ރީތިކަން އާލާކުރުމާއި، ތައުލީމީ، ދިރާސާކުރުމާއި، ހިއްފަސޭހަ މައިޒާނެއްގެ ގޮތުގައި ކުޅިތައް ބޭނުންކުރުމަށް، ކުޅިތަކުގެ ތެރެއަށް ވަދެ ނިކުމެ އުޅެވޭހެން ބޯޑްވޯކް ހެދުމާއި މަޑުކޮށްލައިގެން ތިބޭނެ ޕްލެޓްފޯމުތަކެއް ގާއިމްކުރެވޭނެ ކަމަށްވެސް ހުވަދޫ އެއިޑުން ބުންޏެވެ.

ތިން އަހަރުގެ މުއްދަތަށް ހިންގޭ މިމަޝްރޫއު ނިމޭއިރު 3،889،570.00 ދިވެހި ރުފިޔާ ޚަރަދުވާނެއެވެ. މިމަޝްރޫއަކީ ހޯޑެއްދޫ ކައުންސިލުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭ ގޮތަށް ހުވަދޫއެއިޑް އިން އެކިފަރާތްތަކުގެ އެހީތެރިކަން ހޯދައިގެން ހިންގުމަށް ރާވާފައިވާ މަޝްރޫއެކެވެ.

މިމަޝްރޫއުގައި ހިމެނޭ މުހިންމު ބައިތައް

  • 1،392 ފޫޓު ދިގުމިނުގެ ބޯޑްވޯކާއި 11 ވިޔުއިން ޕްލެޓްފޯމްސް، ކައުންސިލް އިން ފާސްކޮށްފައިވާ ކުރެހުމައި އެއްގޮތަށް ތަރައްގީކޮށް އެސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހުޅުވާލުން
  • 3 ކެނޯ އަދި 3 ޕެޑަލް ބޯޓް ބާއްވައި އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ނޭޗަރ ޕާކް ސަރަހައްދު ބައްޓަން ކުރުން
  • ކުޅިތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތުގައި ބެލެހެއްޓުމުގެ ދާއިރާއިން 2 ތަމްރީނު ޕްރޮގްރާމް، ރަށުގެ މުއައްސަސާތަކާއި، މަދަނީ ޖަމްއިއްޔާތައް އަދި އާންމުފަރުދުންނަށް އަމާޒުކޮށް ހިންގުން
  • މަޝްރޫއު ހިންގާ ސަރަހައްދު އާރޯކޮށް، ގަސް މަރުވެފައިވާ ސަރަހައްދުގެ 90 އިންސައްތަ ފެހިކުރުން. މިގޮތުން ކުޅީގައި ހެދޭ އެކިވައްތަރުގެ ގަސް ހިމެނޭހެން 2000 ގަސް އިންދައި އެސަރަހައްދު ސާފުކޮށް ޗަކަ ނަގަންޖެހޭ ސަރަހައްދުތަކުގެ ޗަކަ ނެގުން
  • ކުޅިތަކުގެ މުހިންމުކަމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުން
  • ކުޅި ހިމާޔަތްކޮށް ބެލެހެއްޓުން ރަށުތަރައްގީގެ ޕްލޭންގައި ހިމެނުމާއި އެކަމަށް ބޭނުންވާ ގަވާއިދުތައް ހަދައި ތަންފީޒުކުރުމުގައި ކައުންސިލަށް އެހީތެރިވެދިނުން

މިއަދު ސޮއި ކުރި އެމް.އޯ.ޔޫ ގެ ދަށުން ހޯޑެއްދޫ ނެޗަރ ޕާކް ޕްލޭންގައިވާ ގޮތަށް އެތަން ތަރައްގީ ކުރުމަށް 3 އަހަރާއި އެކު އިތުރު 5 އަހަރުވަންދެން އެތަން ހިންގައި ބަލަހައްޓާނީ ހުވަދޫ އެއިޑުންނެވެ. ހުވަދޫ އެއިޑުން އިތުރަށް މައުލޫމާތުދެމުން ބުނީ ހޯޑެއްދޫ ނޭޗަރ ޕާކް މެނޭޖްމެންޓް ޕްލޭނާއި އެއްގޮތަށް އެތަން ހިންގުމަށް 7 މެންބަރުންގެ މައްޗަށް އެކުލެވޭ “ހޯޑެއްދޫ ނޭޗަރ ޕާކް މެނޭޖްމެންޓް ކޮމިޓީ” އުފައްދައި، އެކޮމިޓީގެ ލަފަޔާއި އިރުޝާދުގެ ދަށުން ނޭޗަރ ޕާކް ހިންގުމުގެ އެންމެހާ ކަންކަން ތަރުތީބުކޮށް ބަލަހައްޓާނީ ހުވަދޫ އެއިޑުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!