ރިޕޯޓް
ތިނަދޫ ދެކުނު ޕާކު ހަދަނީ ޔޫތު މިނިސްޓްރީންތަ؟ ރަށުކައުންސިލުންތަ؟

ގދ ތިނަދޫ ތިނަދޫ ގެ ދެކުނު ފަރާތުގައި ހަދަމުންދާ ކުޑަކުޑަ ޕާކަކީ އެއަވަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދާނެ ތަނެކެވެ. ނިމިގެން ދިޔަ ކައުންސިލްގެ ދައުރު ނުނިމެނީސް އެތަނުގެ މަސައްކަތް ތިނަދޫ ކައުންސިލުން ފެށުމަށް އިޢުލާން ކުރުމާ އެކުވެސް ދެކުނަށް ނިސްބަތްވާ ބަރާސިލާއި ދަޑެކޮޑާގެ ރައްޔިތުންގެ ދުލުން “އެންމެ ފަހުން އަހަރެމެންނަށް ވެސް ޕާކެއް ލިބެނީ ދޯ” ބުނުމުން ދިޔައެވެ. އެކަމަށް ބިން ބޭނުންވާ ބިންގަނޑު ލެވެލް ކުރުމާއިއެކުވެސް ތިނަދޫ ކައުންސިލްގެ ކުރީގެ ރައީސް ޢަލީ އަމްޖަދު އަށާއި ޕަބްލިކް ވަރކްސްއަށް އެތައް ސަނާއަކާއި ޝުކުރުގެ ޝުޢޫރު ސޯޝަލް މީޑިއާ ގައި ލިޔުމުން ދިޔައެވެ. އޭގެ ފަހުގައި އެތަނުގައި ޕާކަށް ބޭނުންވާ ބައެއް ސާމާނު އަތުރާ ވަށާ ފާރުގައި ކުލަލައި, ކުރަހަމުން ދިއުމަށް ވެސް އުފާވެރި ކަމުގެ ސްޓޭޓަސްތައް ކައުންސިލަށް ރައްދު ވާހެން ބައެއް ފަރާތްތައް ޖަހަމުން ދިޔަ ތަން ވެސް ފެނުނެވެ.

މިދުވަސްކޮޅު އަނެކާވެސް ޝުކުރު ގިނަ ވެއްޖެއެވެ. އެތަން ހުރިގޮތް ތިރި ކަމުން އިތުރަށް ފަސް އަޅަމުން ދާތީއެވެ އެމަސައްކަތް ކުރަމުން ދާތަން ބައްލައްވަން ކައުންސިލްގެ ބައެއް މެމްބަރުން ޒިޔާރަތް ކޮށް ފޮޓޯތައް އާންމު ކުރެއްވުމާއެކު ކައުންސިލާއި ޕަބްލިކް ވަރކްސް އާއި ރައީސް ސަޢުދު އަލީއަށް ޝުކުރުގެ ޖިޒީތައް އަރުވަމުން ދާތަން ފެނުނެވެ. މި ހުރިހާ ޝުކުރެއް ތިނަދޫ ކައުންސިލަށް އޮހެމުން، އަމުނަމުން ދަނިކޮށް ކުއްލިއަކަށް ދެކުނު ޕާކުގެ ޝުކުރު ގެ މިސްރާބު ތިނަދޫ އިން ބޭރުވެ އަތޮޅު ހަފޮޅުންވެސް ބޭރުވެ ހުވަދޫ ކަނޑު ވެސް ހުރަސްކޮށް މާލޭގައި ހުންނަ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އަށް އަމާޒު ވެއްޖެއެވެ.

“ތިނަދޫ ދެކުނު ދާއިރާގައި ތަރައްޤީކޮށްފައިވާ މިޕާކަކީ ޔޫތް މިނިސްޓްރީގެ ސީދާ ބަޖެޓުން ހަރަދުކޮށް ތިނަދޫ ކައުންސިލްގެ އެހީތެރި ކަމާއިއެކު ނިންމާފައިވާ ޕާކެއް، މިޕާކު ނުނިމި ލަސްވެފައިވާތީ ޕާކު ނިންމުމަށް ފަސްއަޅާ ލެވެލްކޮށް ދެއްވީތީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓް އަހްމަދު މަހްލޫފުއަށް ހާއްސަ ޝުކުރެއް ދަންނަވަން” މިއީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފްގެ ފޭސްބުކް ޕޭޖް ގައި ޒުވާނުންގެ ވަޒީރަށް ދަންނަވާފައިވާ ޝުކުރުގެ ބަސްކޮޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުގެ މި ޕޯސްޓް ފެނުމާއިއެކު ރައްޔިތުންގެ ހިތުގައި ސުވާލު ތަކެއް އުފެދުނު ކަން, އެއާއި ގުޅިގެން ދެން ފެންނަމުން ދިޔަ ޕޯސްޓް ތަކުން އެނގުނެވެ. މެމްބަރު ވިދާޅުވާ ވާހަކަފުޅަށް ރައްދެއް ގެ ގޮތުގައި ސިފަވާ ގޮތަށް ތިނަދޫ ކައުންސިލުން އެ ވުޒާރާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ޖެހި ލިއުން ފެނުމުން މި ޕާކުގެ ބަޖެޓަށް ވެގެން އުޅޭ ގޮތް ބަލާލަން މުހިންމު ކަމަށް ފެނެއެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ އާއި ނައިބު ރައީސް އެއް ހާޒިރެއްގައި ތިބެ މިއަދު ވިދާޅުވީ ތިނަދޫ ދެކުން އަވަށުގައި ތަރައްޤީ ކުރަމުންދާ ޕާކަކީ ނިމި ދިޔަ ކައުންސިލުން ތައްޔާރު ކުރަމުން ދިޔަ ތަނެއް ކަމަށާއި މިހާރު ވެސް އަދި އެއިރުވެސް ޚަރަދު ކުރަމުން ދިޔައީ ކައުންސިލް ބަޖެޓުން ކަމަށެވެ. އަދި އެތަނަށް ފަސް އަޅައި ލެވެލް ކުރަމުން ދަނީ ގދ އަތޮޅު ކައުންސިލްގެ ދަށުން ހިންގާ ޕަބްލިކް ވަރކްސް އިން ކަމަށެވެ. ނަމަވެސް މި ޕްރޮޖެކްޓަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓް އެހީއެއްގެ ގޮތުގައި 10000 ހާސް ރުފިޔާ ލިބިފައިވާ ކަމަށް ވެސް ރައީސާއި ނާއިބު ވިދާޅުވިއެވެ.

  1. ތިނަދޫ ކައުންސިލުން ކުރި ނަމަ އެތާގަ ހުރި ސާމާނު ހޯދަން އިއުލާން ކުރާނެ ކުރި އިއުލާނެއް ހޯދާ ހޯދާ ނުފެނުނު