ޚަބަރު
ދަންޖެހި މަރުވިކަމަށް ބުނިނަމަވެސް ނިޝާނެއް ފެންނާކަށް ނެތް

މިދިޔަ ހުކުރު ދުވަހު ދަންޖެހި މަރުވި ކަމަށް ބުނާ ނަރުސް އަންހެން ކުއްޖާ ދަންޖެހިފައިވާ ކަމުގެ ނިޝާނެއް ފެންނަން ނެތުމުން މިމައްސަލަ އިތުރަށް ތަހުޤީގުކުރަން ފަށައިފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރާ ފިލިޕީންސް ނަރުހަކު މިދިޔަ ހުކުރުދުވަހު އަމިއްލަޔަށް ދަންޖެހި މަރުވި ކަމަށް އޭނަގެ ފިރިމީހާ ވަނީ ބުނެފައެވެ. އަދި ފުލުހުން އެތަނަށް ދިޔުމުގެ ކުރިން ސީން ރޫޅާލުމަށްފަހު އެއަންހެން މިހާގެ ހަށިގަނޑު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މިއަންހެންމީހާގެ ހަށިގަނޑުގައި ދަންޖެހިފައި ހުރި ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުން މިމައްސަލައިގައި ބޮޑެތި ޝައްކުތައް ވަނީ އުފެދިފައެވެ.

އާންމުކޮށް ދަންޖެހި މަރުވާ މީހުންގެ ކަރުގައި ދަންޖެހިފަ ހުރިކަމުގެ ނިޝާން ފެންނަން ހުންނާނެއެވެ. އެހެންނަމަވެސް އޭގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުން ފުލުހުން ދަނީ މިމައްސަލަ ތަހުޤީގުކުރަމުންނެވެ. އަދި މަރުވި ނަރުސްކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމެއް ހަދަން ވެސް ނިންމާފައިކަން އިތުބާރު ހުރި ގޮތަކަށް މީޑިޔާއަށް މައުލޫމާތު ދީފައިވެއެވެ.

މަރުވި ފިލިޕީންސްގެ އަންހެންކުއްޖާގެ ފިރިމީހާއަކީވެސް ނަރުހެކެވެ. އެދެމީހުން ދިރިއުޅެނީ އެކީގައެވެ. އެހެންކަމުން މިމައްސަލައިގައި ޝައްކުކުރެވެނީ އަންހެން ކުއްޖާގެ ފިރިމީހާގެ މައްޗަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!