ޚަބަރު
ދުނިޔޭގައިވާ އެންމެ ބޮޑު އަދި އެންމެ ގަދަ ވަހެއް ހުންނަ މާ!

މީގެ އެތަށް އަހަރުތަކެއް ކުރިން ފައްޓައިގެން މަލަކީ، އިންސާނުންނާއި ގުޅި ލާމެހިފައިވާ އެއްޗެކެވެ. މަލުގެ ބަގީޗާތަކުން އިންސާނުންގެ ހިތާއި ސިކުނޑިއަށް ތާޒާކަމާއި، އާރޯކަން ގެނުވައި، އުފާވެރި، ހިންހަމަ ޖެހުމުގެ އިޙްސާސްތައް ގެނުވައިދެއެވެ.

ދިރިއުޅޭ މާހައުލުން، ތަފާތު ވައްތަރުގެ މާތަށް ފެންނަން ހުރުމަކީ ދިރާސާތަކުން ހާމަވާގޮތުގައި އުފާވެރި ޝުޢޫރުތައް ގެނެސްދީ، ދުޅަހެޔޮ މީހެއްގެ ގޮތުގައި ހުރުމަށް އެޅިގެންދާ ބާރެކެވެ. އިންސާނުންގެ ދިރިއުޅުމާއި ވަރަށް ބޮޑަށް މަލާއި ގުޅިފައިވާއިރު، ތަފާތު ރީތި މާތަކަށް ގިނަ އަދަދެއްގެ އަންހެން ބޭފުޅުން ޚާއްސަ ޝައުޤުވެރިކަމެއް ބަހައްޓާކަން ފާހަގަ ކުރެވެއެވެ.

މާއަޅާ ގަސްގަހަކީ، ދުނިޔޭގައިވާ ދިރުންތަކުގެ ތެރެއިން އެންމެ ގިނަ ވައްތަރު އެކުލެވޭ ދިރުން ކަމުގައި ވެފައި ވެއެވެ. މަލަކީ ތަފާތު ކުލަ ކުލައިގައި ހުންނަ އެއްޗެއް ކަމުގައިވާއިރު، ދުނިޔޭގައިވާ ތަފާތު މާތަކުގެ ތެރޭގައި ހުންނަނީ އެއް ސައިޒެއްގެ މަލެއް ނޫނެވެ.

ތަފާތު ސައިޒުގެ މާތަށް ހިމެނޭއިރު، ދުނިޔޭގައިވާ އެންމެ ބޮޑު މަލުގެ ފުޅާމިނުގައި 3 ފޫޓް ހުރެއެވެ. ދުނިޔޭގައިވާ އެންމެ ބޮޑު މަލުގެ ނަމަކީ ރަފްލޭސިޔާ އާނޯލްޑީ ކިޔާ މަލެކެވެ. މިމަލަކީ، މެލޭސިއާ އަދި އިންޑޮނޭޝިއާގެ ޖަންގަލިތަކުގެ ތަފާތު ސަރަހައްދުގައި ހެދޭ އާދަޔާ ޚިލާފު ތަފާތު މަލެކެވެ. ލިލީ މަލުގެ އާއިލާއަށް ނިސްބަތްވާ ރަފްލޭސިޔާ އާނޯލްޑީ ކަރުގަނޑުގެ ތެރޭގައި ކުޑަކުއްޖަކު އެއްވެސް އުދަނގުލެއް ނެތި ބޭއްވޭނެއެވެ.

ދުނިޔޭގައިވާ އެންމެ ބޮޑު މާތަކުގެ ތެރެއިން، އެންމެ ބޮޑު މަލަށް ރަފްލޭސިޔާ އާނޯލްޑީ ވެފައިވުމުގެ އިތުރުން ދުނިޔޭގައިވާ އެންމެ ވަސްގަދަ މާތަކުގެ ތެރޭގައިވެސް މިމާ ހިމެނެއެވެ. ފެންނަ ރީތި ކުލަޔާއި ތަފާތުކޮށް، މިމަލުގެ ވަހަކީ އިންސާނުންގެ ނޭފަތަށް އެހާ ފަސޭހަ ހިތްގައިމު ވަހެއް ނޫނެވެ. މިމާ ބޮޑަށް މަޝްހޫރުވެފައިވަނީ “ކޯރޕްސް ފްލާވަރ”،ގެ ނަމުންނެވެ. މިމަލުގެ ވަސް އެންމެ ގާތްކުރަނީ، ދިރޭތަކެތީގެ މަސް ކުނިވުމުން، އެމަސްގަނޑުން ދުވާ ނުބައި ވަހާއެވެ. މިމަލުގެ އާދަޔާ ޚިލާފު ގަދަ ވަހުގެ ސަބަބުން، ތަފާތު ޖަނަވާރުތަކާއި، ދޫނި ސޫފާ ސޫފި އެމަލަށް ސަމާލު ކުރުވައެވެ. ޖަނަވާރުންނާއި ދޫނިސޫފާ ސޫފީގެ އެހީގައި މިމާ ޕޮލިނޭޓް ވެއެވެ. މިމަލަކީ، އިންޑޮނޭޝިޔާ އަދި މެލޭޝިޔާ ނޫން އެހެން ޤައުމުތަކުން މިހާތަނަށް ނުފެންނަ މަލެއްކަން ފާހަގަކޮށްލެވެއެވެ. މިމާއަޅާ ވެޔޮތައް ވަރަށް ބޮޑުތަނުން މަދުވެފައިވާއިރު، މިއީ ނެތިގެން ހިގައިދާނެކަމުގެ ބިރު އޮތް މަލެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!