ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެއްފަރާތްކޮށް ސިޔާސީގޮތުން ކުރިމަރާލަން އުޅުނުސް އެކަމެއް ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާ މެމްބަރ ސަޢުދު ހުސައިން ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ސައުދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަކީ މިހާތަނަށް ރައްޔިތުންގެ އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އިންތިޚާބެއް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރެއްވި ހަމަ އެކަނި ލީޑަރ ކަމަށެވެ. އަދި ދައުރު ދެބައިވި ތަނާ އެމަނިކުފާނު އެއްފަރާތްކޮށް ސިޔާސީގޮތުން ކުރިމަރާލަން އުޅުނުސް އެކަމެއް ﷲގެ އިރާދަފުޅާއި އެކު ނުވާނެކަމަށް ސައުދު ގެ ޓްވީޓްގައި ބުނެފައިވެއެވެ.
Raees @ibusolih aky aa qaanoon asaaseege fahun mihāthanah rayyithunge enme gina vote hoadhavaigen inthikhāb furathama burun kāmiyāb kurevvi hama ekani leader. Dhauru dhebai vee thanun raaesul jumuhuriya corner koh, siyāsē gothun kuri marālan ulhunas irādha kureviya ekameh nuvāne.
— Saud Hussain MP (@SaudVillingili) July 12, 2021
މެމްބަރ ސައުދު މިއަދު މި ޓްވީޓް ކުރެއްވިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކީ ސިޔާސީ ގޮތުން ދެން ނުހުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެގޮތުން އެމްޑީޕީގެ ވަޓްސް އެޕް ގްރޫޕްއަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އެމަނިކުފާނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އެއްވެސް ޒާތީ މައްސަލައެއް ނެތް ކަމަށާއި ރައީސް އާއި ފިކުރީ ގޮތުން ހިޔާލު ތަފާތު ކަމަށެވެ. މީގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ މަޖިލިސް ތަޅުމުގައި ރައިސުލްޖުމްހޫރިއްޔާގެ އިސްތިއުފާއަށް ގޮވާފައެވެ.