ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ކައިވެނީގެ ވާހަކަ އަޑުގަދަވެފައި ވަނިކޮށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ އާ ވިކީ ކައުޝަލްގެ ކައިވެނީގެ އަޑުތައް މިވަނީ މީޑިޔާގައި ފެތުރެން ފަށާފައެވެ.
އިންޑިޔާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ކެޓްރީނާގެ ކައިވެނި އަންނަ ޑިސެމްބަރުމަހު ފުރަތަމަ ހަފްތާގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. ބޮލީވުޑް ހަބަރުތައް ބުނާގޮތުން މިދެމީހުން ދަނީ ބިގް ފެޓް ވެޑިންއަކަށް ތައްޔާރުވަމުންނެވެ. އެގޮތުން ރާޖެސްތާންގެ ސަވާއި މަދޯޕްރްގައި ރޯޔަލް ވެނިއުއެއްގައި ބާއްވަން ހަމަޖެހިފައިވާ މިކައިވެނީގެ ވާހަކަތައް ވަނީ މީޑިޔާއަށް ސިއްރުކުރެވިފައެވެ.
މިދެމީހުން ރައްޓެހިވެގެން އުޅޭކަންވެސް މީޑީޔާއަށް ސިއްރުކޮށްފައި އޮތުމަށްފަހު ދާދި ފަހުން ވިކީ ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ދެމީހުން ބައްދަލުވާކަމަށް ދެކެވޭ ވާހަކަތަކަށް އެއްބަސްވެފައެވެ.
އެންގޭޖްވުމާއި ބެހޭގޮތުން ދެކެވޭ ވާހަކަތަކަށް ޖަވާބުދެމުން އޭނާ ވަނީ އެކަންވެސް ވަގުތު ޖެހުނީމާ ވާނެ ކަމަށް ބުނެފައެވެ.
މީގެ އިތުރުން ބޮލީވުޑްގެ ތަރިން ކަމުގައިވާ ރަންބީރު އާއި އާލިޔާވެސް މިއަހަރުތެރޭގައި ކައިވެނި ކުރަން އުޅޭކަމުގެ ޚަބަރުތައްވެސް މިވަނީ މީޑިޔާގައި ފެތުރިފައެވެ.