ރާއްޖޭގައި ވަރުގަދަ ރޯގާއެއް ދުވަހެއް ދުވަހެއް އިތުރުވަމުންދާ ކަމަށާއި ރޯގާޖެހިގެން މިހާރުވެސް 6 ކުދިންނަށް އައިސީޔޫގައި ފަރުވާ ދެމުން ގެންދާ ކަމަށް އައިޖީއެމްއެޗް ގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިރޯގާ ކުޑަކުދިންނަށް ޖެހޭ މިންވަރު މަދުނުވާ ކަމަށާއި އިތުރު ބައްޔަކަށް ފަރުވާ ކުރާނަމަ މިރޯގާގެ ސަބަބުން ބޮޑޫވަރުވެގެން ދާ ކަމަށެވެ. އެހެންކަމުން ހާއްސަކޮށް ކުޑަކުދިން ގެންގުޅުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ފައިސަލް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން އަތްދޮވެ، މާސްކު އަޅާއި ކުޑަކުދިން “އުރާލަން” ބައިހަދާގެން ނުދިއުމުގެ އިތުރުން މީހުން އެއްވާތަންތަނަށް ނުދިއުމަށް ފައިސަލްވަނީ އެދިފައެވެ.
6 ކުދިން ICU ގައި
ރޯގާ އަދިވެސް މަދެއްނުވޭ
ތުއްތު 👶ނާ އެހެނިހެން ބަލިތައް ހުންނަނަމަ ބޮޑުވަރުވޭ
ރައްކާތެރިވެވެންހުރި ކަންތައްތަކަށް ސަމާލުވެލައްވާ
ގެއަށް ރޯގާ ގެންނައުން މަދުކުރަމާ
އަތްދޮވުން، 😷، 👶 އުރާލަން ބައިހަދާފައި ނުދިއުން، މީހުން އެއްވާތަންތަނަށް ނުދިއުން— Ahmed Faisal (@Faisalnaifaru) October 28, 2021
ޑރ. އަފްޒަލް އިތުރަށް ވަނީ މިދުވަސްކޮޅު އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ދިޔުމުގެ ބަދަލުގައި ފްލޫ ކްލިނިކަށް ދިއުމަށް އިލްތިމާސްކޮށްފައެވެ.
މިދުވަސްވަރަކީ ރާއްޖޭގައި ކޮވިޑް-19ގެ އިތުރުން އިންފުލުއެންޒާ ޖހޭ އަދަދު ގިނަ ދުވަސްވަރެކެވެ. އެހެންކަމުން އެޗްޕީއޭއިން ވަނީ މިރޯގާއަށް ސަމާލުވުމަށް އަންގާފައެވެ. އަދި ހައިރިސްކު މީހުންނާއި އުމުރުން ދުވަސްވީ މީހުން އިންފުލުއެންޒާ ވެކްސިން ޖެހުމަށް ވަނީ އިލްތިމާސްކޮށްފައެވެ.