ޚަބަރު
އެވިޑްގެ ނައިބް ރަޝާދު ސްކޮލަރޝިޕްގެ 50 ފުރުސަތު ހުޅުވާލައިފި

އެވިޑް ކޮލެޖްގެ ނައިބް ރަޝާދު ސްކޮލަރޝިޕްގެ 50 ފުރުސަތު ހުޅުވާލައިފިއެވެ. 

އެވިޑް ކޮލެޖުން ވިދާޅުވީ ނައިބް ރަޝާދު ސްކޮލަރޝިޕްގެ 50 ފުރުސަތާއެކު މިފަހަރު އެވިޑް ކޮލެޖްގެ ޖެނުއަރީ އިންޓޭކް 2022 ގައި ހިންގުމަށް ހަމަޖައްސާފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވެސް މިއަދު ހުޅުވާލާފައި ކަމަށެވެ.

މިފަހަރު ނައިބް ރަޝާދު ސްކޮލަރޝިޕްގެ 50 ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހުގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް 30 ސްކޮލަރޝިޕް އަދި މާލޭ ކެމްޕަހުގައި ބައިވެރިވާ ފަރާތްތަކަށް 20 ސްކޮލަރޝިޕް ކަމަށް އެވިޑް ކޮލެޖުން ވަނީ ހާމަ ކޮށްފައެވެ. އަދި ނައިބް ރަޝާދު ސްކޮލަރޝިޕްގެ 50 ފުރުސަތާއި އިތުރު ކޯސްތަކާ ބެހޭ ގޮތުން މައުލޫމާތު ހޯއްދެވުމަށް 3006768 އަށް ގުޅުއްވަން ވަނީ އެދިފައެވެ.

އެވިޑް ކޮލެޖަކީ މިހާރު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތަޢުލީމާއި ތަމްރީނު ދެމުން ގެންދާ މަޝްހޫރު އެއް ކޮލެޖެވެ.

Comment