ޚަބަރު
100 ޙާފިޡުން އުފެއްދުމުގެ މަސައްކަތް ފަށައިފި

“ކީރިތި ޤުރުއާން ހިތުދަސް 100 ޙާފިޡުން އުފެއްދުމުގެ މަޝްރޫޢު” ނަމުގައި ޒުވާން ޙާފިޡުން ތަކެއް އުފެއްދުމުގެ މަސައްކަތް ޢިލްމް އިންސްޓިޓިޔުޓް ފޯރ އިސްލާމިކް ސްޓަޑީޒް އިން ފެށުމަށް ނިންމާފައިވާ ކަން އިޢުލާނުކޮށްފިއެވެ.

އެ އިންސްޓިޓިއުޓްއިން ނެރެފައިވާ އިޢުލާނުގައިވާގޮތުން، އެ ޕްރޮގްރާމަކީ ކީރިތި ޤުރުއާން ދެކެ ލޯބިވާ، ކީރިތި ޤުރުއާން ހިތުން ދަސް ޒުވާން ޖީލެއް ބިނާކުރުމުގެ މަޤުޞަދުގައި ފަށާ މަޝްރޫޢެކެވެ.

މަޝްހޫރު ދީނީ ޢިލްމުވެރިޔާ، އަލްޙާފިޡް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ މި ޕްރޮގްރާމާއި ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން، ޢިލްމު އިންސްޓިޓިއުޓްގެ އޮފިޝަލް ވިދާޅުވެދައި ވަނީ މި މަޝްރޫއުގައި ތަޖުވީދުގެ ހަމަތަކުން ރީތި ރާގުތަކަށް ހުނަރުވެރިކަމާއެކު ކިޔަވަން ދަސްކޮށްދޭނެ ކަމަށެވެ. އަދި މިޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މިފެށޭ މަހުގައި ކަމަށް ވެސް އޮފިޝަލް “އަރިއޮންލައިން” އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢާއި ބެހޭ އިތުރު މަޢުލޫމާތު ހިއްސާ ކުރަމުން ޢިލްމު އިންސްޓިޓިއުޓް އިން ވިދާޅުވީ މިޞްރު، ޖޯޑަން، ކުވައިތު، ސަޢުދީ ޢަރަބިއްޔާ، މެލޭޝިޔާ، އިންޑިއާ، ޕާކިސްތާން، އިންޑޮނޭޝިޔާ، މޮރޮކޯ ފަދަ ޤައުމުތަކުގެ ތަޖުރިބާކާރު އުސްތާޛުން އެކި މަރުޙަލާތަކުގައި މި މަޝްރޫޢުގެ ދަރިވަރުންނާ ބައްދަލުކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ޙާފިޡުންނާއި މޮޅު ޤާރީންގެ ހުނަރުވެރިކަން ޙިއްސާކުރެވޭނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ޙާފިޡުން އުފެއްދުމުގެ މިޕްރޮގްރާމުގައި ދެ ޖިންސުގެ ހުރިހާ ޒުވާނުންނަށްވެސް ބައިވެރި ވެވޭނޭއެވެ. ނަމަވެސް ކުލާސްތައް ކުރިއަށްދާނީ ވަކިންނެވެ. މި މަޝްރޫޢުގެ ފުރަތަމަ މަރުޙަލާ ކުރިއަށް ދާނީ ހަފްތާ ބަންދުތަކުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!