ޚަބަރު
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 20 އަހަރަށް ޖަލަށް ހުކުމްކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 20 އަހަރަށް ޖަލަށްލާން ހައިކޯޓުން ހުކުމްކޮށްފިއެވެ.

އުމުރުން 4 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައިކޯޓުން 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ދަފްތަރު ނަންބަރު 1816، ހަސަން ރަޝީދުގެ މައްޗަށެވެ.

ހަސަން ރަޝީދުގެ މައްޗަށް ކުރެވުނީ އާއިލާގެ މެމްބަރަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. މިމައްސަލަ އިސްތިއުނާފް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، މިދައުވާ ހަސަން ރަޝީދުގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ މީގެ ކުރިން ނިންމާފައެވެ. އެހެންނަމަވެސް ހައިކޯޓުން މިވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށްފައެވެ.

މިމައްސަލާގައި ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ދައުލަތުން ހަސަން ރަޝީދުގެ މައްޗަށް އުފުލި އާއިލާގެ މެންބަރަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން އިސްތިއުނާފުކޮށް ނިންމާފައިވާ ނިންމުން ބާތިލުކޮށް، އާއިލާގެ މެންބަރަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާ ކަމަށެވެ.

އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނާ ހަވާލާދީ ހަސަން ރަޝީދު 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކަނޑައަޅުމަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ހަސަން ރަޝީދު ބަންދުގައި 4 އަހަރާއި 2 މަހާއި 4 ދުވަސް ހޭދަކޮށްފައިވާތީ އެމުއްދަތު އުނިކުރުމަށްފަހު އޭނަގެ މައްޗަށް ކުރެވުނީ 15 އަހަރާއި 9 މަހާއި 26 ދުވަހުގެ ޖަލު ހުކުމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!