މަޢުލޫމާތު
މަގުމަތިން ކުނިބުނި ނަގައި ސާފުކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް – ހުކުރު ޚުޠުބާ

އަޚް؛ލާޤީ ރިވެތި ސިފަތަކުގެ ތެރޭގައި، މަގުމަތީގެ އަދަބުތައް ހިމެނޭކަމުގައި މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފައި ވެއެވެ. މަގުމައްޗަށް ނުކުމެ ހިނގާބިނގާވެ އުޅޭއިރު، މީސްތަކުން ވަނީ އެއްބަޔަކު އަނެއްބަޔަކާއި ގުޅި ލާމެހިގެންނެވެ. އެހެންކަމުން ހިނގާ މަގުތަކުގައިވެސް ހައްޤުތަކެއް ކަނޑައެޅިގެންވާ ކަމުގައި ޚުޠުބާ ބުނެއެވެ.  އެ ހައްޤުތައް ރައްކާތެރި ކުރެވެނީ، އެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންގެ ޢަމަލުތައް ބަހައްޓާ ގޮތަކުން ކަމުގައި ޚުޠުބާގައި ހާމަކޮށްފައި ވެއެވެ. އަދި މަގުމަތީގެ އަދަބުތަކާއި، ހައްޤުތަކަށް ރައްކާތެރިވުމުގެ ސަބަބުން މީސްތަކުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން އާލާވެގެން ދާނެކަމަށް ބުނެވިފައިވެއެވެ.

މަގުމަތީގައި ތިބޭއިރު އެއްވެސް މީހަކަށް ތުރާލެއް ވާނެކަމެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމުގައި ޛުޠުބާގައި ބަޔާންކޮށްފައި ވެއެވެ. ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން މީސްމީހުންގެ ގޭތެރެބަލައި، އެތަންތަނުގައި ހުރީ ކޮންއެއްޗެއްތޯ އާއި އުޅެނީ ކޮން ބައެއްތޯ ބެލުމަކީ އަޚްލާޤީގޮތުން ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަމުގައި ޚުޠުބާގައި ގެނެވިފައި ވެއެވެ.

މަގުމަތީގެ ހައްޤުތަކުގެ ތެރޭގައި މީހަކަށް ގެއްލުމެއް ލިބިދާނެ އެންމެހާ ކަންތައްތަކުން ދުރުހެލިވުމަށް ޚުޠުބާގައި ގޮވާލާފައި ވެއެވެ. އެއީ ބުނާ ބަހަކުން ވިޔަސް، ކުރާ ޢަމަލަކުން ވިޔަސް، ކުރާ އިޝާރަތަކުން ނުވަތަ، ބަލާބެލުމަކުން ކަމުގައި ވިޔަސް މެއެވެ. މަގުމަތީގެ ހައްޤު އަދާކުރުމުގެ ތެރޭގައި މަގުހިނގާ މީހުންގެ ފަރާތުން، އެހެން މީހުނަށް ކުރާ އުދަނގުލާއި، ގޯނާ ހުއްޓުވުމާއި، މާރާމާރީގެ އަމަލުތައް ހުއްޓުވުން ހިމެނޭކަމަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

މަގުމަތީގައި ދުއްވާ ތަކެތިން ވެސް މީހުންނަށް އުނދަގޫވާ ގޮތަށް އަމަލުކުރުމަކީ ހުއްދަކަމެއް ނޫންކަން ޚުޠުބާގައި ބުނެއެވެއެ. އޭގެތެރޭގައި، ވިއްސާރަ ދުވަސްދުވަހު މީހުންގެ ގަޔަށް ފެންބުރައިގެންދާ ގޮތަށް، އިންޖީނުލީ އުޅަނދުފަހަރު ދުއްވުމާއި، މަގުމެދަށް ކާރާއު ޓެކްސީ ހުއްޓައި، މީހުން އެރުވުމާއި، މަގުހުރަސްކުރަން ބޭނުންވާ މީހާއަށް ތަންނުދީ، ތަކެތި ދުއްވުމާއި، ސިގުނަލް ނުދީ، ޤަވާއިދާ ޚިލާފަށް، ވާތްފަރާތުން ކުރިއަރައިގެން ދިޔުމާއި، ބާރަށް ބަރުގޮނު އެޅުމާއި، ސައިލަންސަރުގެ އަޑު ގަދަވާ ގޮތް ހަދައިގެން ދުއްވުން ހިމެނެއެވެ. އޭގެ ސަބަބުން ގޯތިގެދޮރުގައި ތިބޭ މީހުންނަށް އުނދަގޫ ވުމާއި، ނިދާފައި ތިބޭ ތުއްތުކުދިން ސިހިގެން ހެލެވި، ހަމަނިދި ނުލިބުމާއި، ބަލިމީހުންނަށް އުނދަގޫވުން ހިމެނެއެވެ.

މަގުމަތީގެ ޙައްޤުތަކުގެ ތެރޭގައު މަގުތައް ސާފުތާހިރުކޮށް ބޭއްވުން ހިމެނޭ ކަމުގައި ޚުޠުބާގައި ބަޔާންކުރެއެވެ. ގޯތިގެދޮރުގައި އުފެދޭ ކުނި، މަގުމައްޗަށް އުކާލާ މީހުން އުޅެއެވެ. ބޭނުންކޮށްފައި އޮންނަ ޓިޝޫ އާއި، ހުސްވެފައި ހުންނަ ފުޅި އާއި، ދަޅުފަދަ ތަކެތި މަގުމައްޗަށާއި، ގޮނޑުދޮށަށް އުކާލުމާއި، އެތަންތަން ގޮނޑުވެ، ތިމާވެއްޓަށް ގެއްލުން ހުރި، އަމަލުތައް ކުރާތަން ފެންނަ ކަމީ ހިތާމަކުރަން ޖެހޭ ކަމެކެވެ. ޚާއްސަ ގޮތެއްގައި ނުރައްކާތެރި ބާވަތްތައް ކަމުގައިވާ ބިއްލޫރި އާއި، ބެޓެރި އާއި، މޮހޮރާއި، ކުނިވާ ފަދަ ތަކެތި މަގުމައްޗަށް އުކައި ނުލުމަށް ޚުޠުބާގައި އިލްތިމާސް ކޮށްފައި ވެއެވެ.

މަގުތަކުގެ ޙައްޤު އަދާކުރުމަށްޓަކައި، މަގުމަތިން ކުނިބުނި ނަގައި ސާފުކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް ކަމުގައި ޚުޠުބާގައި ބުނެއެވެ. މަގުމަތި ސާފު ޠާހިރުކޮށް ބެލެހެއްޓުމަކީ ޒީނަތެއް ކަމުގައިވެސް ޚުޠުބާގައި ބަޔާންކުރެއެވެ. އެއީ ބަލިތަކުން މުޖުތަމަޢު ރައްކާތެރިކޮށްދޭ ކަމެކެވެ.

ކީރިތި ރަސާލާގެ ހަދީޘް ބަސްފުޅަކަށް އިޝާރަތްކުރައްވައި ޚުޠުބާގައި ބަޔާކޮށްފައިވާގޮތުގައި ލަޢުނަތް ލިބޭ 2 ކަމަކުން ރައްކާތެރިވުމަށް އެކަލޭނގެފާނު ސަޙާބީންނަށް ދެންނެވި އެވެ. އެއީ މީސްތަކުން ހިނގާ މަގުތަކަށާއި، ހިޔާ ގަނޑުގަނޑަށް ޤަޟާޙާޖަތް ކުރުމެވެ. ކީރިތި ރަސޫލާގެ މި ހަދީޘް ބަސްފުޅުގެ މާނައިންވެސް، މަގުތަކަށް ދީނުގައި ދެއްވާފައިވާ އަހައްމިއްޔަތު އެނގިގެން ދެއެވެ.

އަލްއިމާމު އަބޫ ހާމިދިލް ޣަޒާލީ ލިޔުއްވާފައިވާ ފޮތަކަށް އިޝާރަތް ކުރައްވައި ޚުޠުބާގައި ބުނެފައިވަނީ، ގޭގެ އިމާރާތާ ގުޅިގެން، މަގުމައްޗަށް ވާގޮތަށް އަށިގަނޑު ހެދުމާއި، މަގުމައްޗަށް ފެން ފައިބާގޮތަށް ގޭގެ ފުރާޅު ބެހެއްޓުމާއި، ގަސްގަހާގެހި ކެނޑުމާއި، ލަކުނޑި އާއި، ކާބޯތަކެތި މަގުމަތީގައި ބެހެއްޓުމާއި، އަދި މަގުމަތީގައި އެއްޗެތި ކަތިލުން ފަދަ ކަންކަމަކީ މަގުމަތީގެ އަދަބުތަކާ ޚިލާފު ކަންކަމެވެ. މިކަންކަމަކީ، ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ ކަންކަމެވެ. މިއީ އެއްވެސް ހާލެއްގައި ކުރުން އެދެވިގެނވާ ކަމެއް ނޫންކަން ޚުޠުބާގައި ބުނެއެވެ.

މިއަދު އަޅުގަނޑުމެންގެ މަގުތަކަށް ފެންފައިބާގޮތަށް ފޫގޮސްފައިވާ ދިޔަދޮވިތަކާއި، އެއާކޯންތަކާއި ދޮންން މެޝިނުން ބޭރުވާ ފެން މަގުމައްޗަށް ދޫކޮށްލާފައިވާ މަންޒަރު ފެންނަނީ މަދުން ނޫނެވެ. މީގެ އިތުރަށް ގޯޅިގޯޅި އަށް ކުނި އެޅުމާއި، މޭވާ ކެއުމަށްފަހު އޭގެ އޮށާއި، ތޮށި މަގުމައްޗަށް އެޅުމާއި، މަގުމައްޗަށް ކުޅުޖެހުމާއި، ހިނގާފައިދާ މީޙުންގެ މޫނާ ދިމާވާގޮތަށް ކިނބިހި އެޅުމާއި، ހިނގާފައިދާ މީހުންގެ މޫނަށް ސިގިރޭޓުގެ ދުންތައް ބުރުވާލުން ފަދަ ނާތަހުޒީބު އަމަލުތައް އަދިވެސް ފެންނަ ކަމުގައި ޚުޠުބާގައި ބުނެއެވެ. ފުލެޓްތަކުގެ ގޯތިތެރެއަށާއި، ވައިގޮޅިތަކަށް ކުންޏާއި، ހަޑިމުޑުދާރު ތަކެތި ބައެއް ފަރާތްތަކުން އަޅައެވެ. ކުނިވަށިގަނދަށް އަޅަންޖެހޭ އެތައް ބާވަތެއް، މަގުމަތީގައި ބަހައްޓާފައި ދާންމީހުން މިހާރުވެސް އުޅެއެވެ. މިފަދަ ކޮންމެ ކަމަކީ، އެރަށެއްގައި ދިރިއުޅޭ އެންމެންނަށް ގެއްލުން ހުރި ކަންކަން ކަމުގައި ޚުޠުބާގައި ބުނެއެވެ. އަދި އެހެން މީހަކު ބުނުމުގެ ކުރިން، އަމިއްލަ ނަފްސަށް ފެނިގެން މިފަދަކަންކަން އިޞްލާޙު ކުރުމަށް އެންމެހައި މުސްލިމުންނަށް ޚުޠުބާގައި ގޮވާލާފައި ވެއެވެ.

މަގުމަތީގެ އަދަބުތަކުގެ ތެރޭގައި، ސަލާމް ބަލިގަތުން ހިމެނޭކަމުގައި ޚުޠުބާގައި ބުނެއެވެ. މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުން ސަލާމް ކުރުމުން، މަގުމަތީގައި ތިބޭ މީހުން، އެސަލާމަށް ޖަވާބު ދިނުމަކީ، ވާޖިބުވެގެންވާ ކަމެއް ކަމުގައި ޚުޠުބާގައި ބުނެއެވެ.

މަގުމަތީގެ އަދަބުތަކުގެ ތެރޭގައި ހެޔޮކަންތައްތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކުރުން ހިމެނޭ ކަމުގައި ޚުޠުބާގައި ބަޔާކުރެއެވެ. މަގުމަތިން ނުރުހެވޭ މަންޒަރުތަކާއި، ކަންކަން ފެނެއެވެ. އެފަދަ ޢަމަލުތައް ކުރާ މީހުންނަށް ނަސޭހަތްދީ، އެކަންތައްތައް ހުއްޓުވުމަށް މަސައްކަތް ނުކުރާނަމަ، ތިބާ އަކީ މަގުމަތީގެ ޙައްޤުތައް ފުރިހަމައަށް އަދާކުރާ މީހަކަށް ނުވާނެއެވެ. ދިރިއުޅޭ ގެދޮރާއި ކިޔަވަންދާ ސްކޫލާއި މަގުމަތި ސާފުތާހިރުކޮށް ބެލެހެއްޓުމަކީ، އިސްލާމް ދީނުގައި ވަރަށްބޮޑަށް ބާރުއަޅުއްވާ ކަމެކެއް ކަމުގައި ޚުޠުބާގައި ބުނެއެވެ. ވެށިގެ ސާފުތާހިރުކަމަކީ، އެތައް ބަލިތަކުން މުޖުތަމަޢު ރައްކާތެރިކޮށްދޭ ކަމަކެވެ.

ކީރިތި ރަސޫލާގެ ހަދީޘްފުޅަކަށް އިޝާރަތް ކުރައްވައި ޚުޠުބާގައި ބުނެފައި ވަނީ، ސާފުތާހިރު ކަމަކީ އީމާންކަމުގެ އެއްބއި ކަމުގައެވެ. ކުންފުނިތަކާއި، މުއައްސަސާތަކާއި، ބޭރުމީހުން ގެންގުޅޭ ފަރާތްތަކުން ވެސް، އެމީހުންގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް، މަގުމަތީގެ އަދަބުތައް ދަސްކޮށްދޭން ޖެހޭނެކަމަށް ޚުޠުބާގައި ބުނެއެވެ. ސާފުތާހިރުކަމަށް ރައްކާތެރިވުމަށައި، މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫ ނުވާނޭ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވެ، އެމީހުން އެގޮތަށް ޢަމަލުކުރޭތޯ ބަލަހައްޓަން ޖެހެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!