ރިޕޯޓް
ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފަމާ!

މީހުންނަށް އަގުކުރަން ފަސޭހައީ ލޮލަށް ފެންނަ އަތުން ހިފޭ ތަކެއްޗެވެ. އެހެންކަމުން ވަރަށް ގިނަ ފަހަރަށް ވަގުތަކީ އެފަދަ މާއްދީ އެއްޗަކަށް ނުވާތީ އެއީ އަގުހުރި އެއްޗެއްކަން ދޭހަނުވެ، އޭގެ ބޭނުން ނުހިފި ދޫކޮށްލެވެއެވެ.

ދިގު ދިރާސީ އަހަރެއްގެ ކިޔެވުން ނިމި ދަރިވަރުންނަށް ލިބިފައިމިވާ ޗުއްޓީ އަކީ މި ވަގުތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައިފި ނަމަ ވަރަށް އަގުހުރި އެއްޗަކަށް ހެދިދާނެއެވެ. ނަމަވެސް ބޭނުންނެތް ގޮތުގައި ހޭދަކޮށްފިނަމަ ބޭކާރު ވަގުތުތަކަށް ވެގެން ހިގައި ދާނެއެވެ. އެހެންކަމުން މި ވަގުތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާ މި ދުވަސްތަކަކީ ކާމިޔާބު ދުވަސްތަކަކަށް ހެދުމަށް ކުރެވިދާނެ ކަންތައްތަކާއި ދޭތެރޭ ވިސްނާލުން މުހިއްމުކަމެއް ކަމުގައި ދެކެމެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ޗުއްޓި ހޭދަކުރަން ޖެހިފައި މިވަނީ ވަރަށް ތަފާތު ގޮތަކަށެވެ. ކޮވިޑް ނަވާރައިގެ ބަލިމަޑުކަމުގެ ސަބަބުން ދަތުރުފަތުރުކުރުން މިވަނީ ހުއްޓުމަކަށް ގެނެވިފައެވެ. ޕާކުތައް މިވަނީ ބަންދުކުރެވިފައެވެ. އެއްގެއިން އަނެއްގެޔަށް ދިއުމާއި އެއްތަނަކަށް ގިނަމީހުން އެއްވެ އުޅުން މިވަނީ މަނާކުރެވިފައެވެ. އެއްމެން ގޭގައިބަންދުވެފައި ތިބެން ޖެހިފައި މިވާ ދުވަސްވަރު ދަރިވަރުން ވަގުތު ހޭދަ ކުރާނެ ގޮތުގެ ޓައިމް ޓޭބަލްއެއް ހަދާ އެއަށް އަމަލު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިގޮތުން ފޮތް ކިޔާނެ ގަޑިއަކާއި ލިޔުމަށް ޚާއްސަ ވަގުތު ތަކެއްގެ އިތުރުން ނަމާދުކުރުމާއި ގުރުއާން ކިޔެވުމަށް ޚާއްސަ ވަގުތުތަކެއް ކަނޑައެޅިދާނެއެވެ. މީގެ އިތުރުން ދަރިވަރުން ކުޅުމަށާއި ޓީވީ ބެލުން ފަދަ ކަންތަކަށް ޚާއްސަކޮށް ވަގުތު ތަކެއްވެސް މިޓޭބަލުގައި ހިމެނުން މުހިއްމެވެ. މިގޮތަށް ދަރިވަރުންގެ ކަންކަން ތާވަލްކޮށްގެން ކުރިއަށް ގެންދެވިއްޖެ ނަމަ މި ކުރު ޗުއްޓީއަކީ ބޭނުންތެރި ޗުއްޓީ އަކަށް ހެދިދާނެއެވެ.

މަދަރުސާތަކުގެ ކިޔެވުން ކުރިއަށްދާއިރު ދަރިވަރުން ގިނައިން އުޅެންޖެހެނީ ކިޔެވުމުގެ ކަންތައްތަކުގައެވެ. ސްކޫލުގެ ގަޑި ނިމުމަށްފަހު ގުރުއާން ކުލާސް ތަކާއި ޓީއުޝަން ކުލާސްތަކުގައެވެ. ދެން ލިބޭ ވަގުތު ހޭދަކުރަން ޖެހެނީ އެތަންުތަނުން ހަވާލުކޮށްފައިވާ މަސައްކަތް ނިންމާ ފިލާވަޅު ދަސްކުރުމުގައެވެ. އެހެންކަމުން މި ޗުއްޓީއަކީ ކުދިންނާއި ބެލެނިވެރިންގެ ގުޅުން ރަގަޅުކުރުމަށް ލިބިފައިވާ ފުރުސަތަކަށް ހެދިދާނެއެވެ. މިގޮތުން ކުދިންނާއި އެކު ގިނަ ވަގުތު ހޭދަކޮށް ގޭތެރޭގެ މަސައްކަތްތަކުގައި ކުދިން ބައިވެރި ކުރެވިދާނެއެވެ. ކުދިންނާއި އެކިވާހަކަތައް ހިއްސާކޮށް ކުދިންގެެ ވާހަކަތައް އަޑުއެހުމުގެ އިތުރުން ކުދިންގެ ސުވާލުތަކަށް ޖަވާބު ދިނުމަކީވެސް ގުޅުން ބަދަހިވާނެ ކަމެކެވެ. މީގެ އިތުރުން އެކި ކަހަލަ ކުޅިވަރުތައް ގޭތެރޭގައި އާއިލާގެ މެމްބަރުންނާއިއެކު ކުޅެވިދާނެއެވެ. ޚާއްސަކޮށް ވިސްނުންތަރައްގީވާ ކަހަލަ ކުޅިވަރު ކުޅުމުގައި ކުދިންނާއި އެކު ވަގުތު ހޭދަކުރުމަކީ އެކަމުގެ ސަބަބުން ކުދިންގެ މުޅި އުމުރަށް އޭގެ ސަބަބުން ހެޔޮ އަސަރުތަކެއް ކުރާނެ ކަމެވެ.

ފުރިހަމަ ސިއްހަތަކީ ކޮންމެ އިންސާނަކަށްވެސް ވަރަށް މުހިއްމު އެއްޗެކެވެ. މިބަލިމަޑުކަމުގެ ތެރޭގައި ގޭގައި ތިބެން ޖެހިފައި ވީނަމަވެސް ފުރިހަމަ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރަން ޖެހެއެވެ. ކޮންމެ އިންސާނަކަށް އަދި ޚާއްސަކޮށް ބޮޑުވަމުން އަންނަ ކޮންމެ ކުއްޖަކަށް ފުރިހަމަ ސިއްޙަތެއްގައި ހުރުމަށް ކަސްރަތުކުމާއި ރަގަޅު ކާނާބޭނުން ކުރުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އެހެންކަމުން ގޭތެރޭގައި ނުވަތަ ގޯތިތެރޭގައި ޖާގައޮތް މިންވަރަކުން  ކުދިންނަށް ހެލިފެލިވެ އުޅުމަށާއި ކަސްރަތު ކުރުމަށް ފުރުސަތުދޭން ވާނެއެވެ. މީގެ އިތުރުން ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށްވެސް ސަމާލުކަން ދޭންވާނެއެވެ. ކުދިންގެ އުމުރާއި އެކަށީގެންވާ ވަރަށް އިސްކޮޅު އަދި ބަރަދަން ހުރިތޯ ބަލާ އެކުއްޖެއްގެ އުމުރާއި އެކަށީގެންވާ ގޮތަށް އިސްކޮޅު އަދ ބަރުދަން ބަހައްޓަން މަސައްކަތްކުރުމަކީ ވެސް މި ޗުއްޓީގެ ބޭނުން ފުރިހަމަ ގޮތުގައި ބޭނުން ކުރުމަށް ކުރެވިދާނެ ކަމެކެވެ.

ލިބިފައިމިވާ ވަގުތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާ މި ޗުއްޓީއަކީ ފައިދާ ހުރި ބޭނުންތެރި ޗުއްޓީއަކަށް ހެދުމަށް މަސައްކަތް ކުރެވިދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!