މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީގެ ހަރަކާތްތައް ފުޅާކުރުމަށްޓަކައި، އެޕާޓީގެ ލީޑަރޝިޕުން އަތޮޅު ތެރެއަށް ކުރަވާ ދަތުރުފުޅުގައި މިއަދު ކ.ކާށިދުއަށް ވަޑައިގެންފިއެވެ.
ދަތުރުގައި އެޕާޓީގެ ރައީސް ކާނަލް ނާޒިމްއާއި، ނާއިބް ރައީސުންނާއި، ކައުންސިލް މެމްބަރުންވެސް ބައިވެރިވެފައިވެއެވެ. މިދަތުރާއި ގުޅިގެން އެމްއެންޕީން ބުނެފައިވަނީ މިދަތުރުގައި ކާށިދޫގައި ތިބި އެމްއެންޕީ މެންބަރުންނާ ބައްދަލުކޮށް، ޕާޓީގެ ހަރަކާތްތައް ރީޖަންތަކުގައި ހިންގުމުގައި އެބޭފުޅުންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރާނެކަމަށެވެ.
މިއަދު ހެދުނު އެމްއެންޕީން ކާށިއަށް ވަޑައިގެންފައިވާއިރު، އެރަށުގެ ޖަމްއިއްޔާތަކާއި، ސިޔާސީ އިސް ބޭފުޅުންނާއި، އާންމު ގިނަ ރައްޔިތުންނާއި ދަނީ ބައްދަލު ކުރަމުންނެވެ.
އެމްއެންޕީގެ ރައީސް، ލީޑަރޝިޕް އަދި އެގްޒެކެޓިވް ކައުންސިލް މެންބަރުން ކ. ކާށިދޫއަށް ކުރާ ދަތުރުގެ ތެރެއިން: ކްލަބް ފްލެޔަރސް އަދި ރަށުގެ ޒުވާނުންނާ ބައްދަލުކުރުން#MNPTrips #MNPCentralRegion #MNPKaashidoo pic.twitter.com/LGUVhC27De
— Maldives National Party (@MNP_Secretariat) October 29, 2021
އެމްއެންޕީގެ މި ދަތުރަކީ އެޕާޓީގެ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެމްއެންޕީން ބުނެފައިވަނީ އެޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުން ބޭނުންވާ ގޮތަށް ކަމުގައެވެ. އެމްއެންޕީއަކީ ސިޔާސީ މައިދާނުގައި މިހާރު ހަރަކާތްތެރިވާ އެންމެ ހަނގު ސިޔާސީ ޕާޓީއަށް ވިޔަސް އެޕާޓީގައި ސިޔާސީ ގޮތުން ތަޖުރިބާ ހުރި ގިނަ ބޭފުޅުން ހިމެނި ވަޑައި ގަންނަވައެވެ.