ގޭގައި އެއަރ ކަންޑީޝަނެއް ނެތަސް ދެން ހާސްވާނެ ކަމެއް ނެތެވެ. ހޫނު ގަދަ ދުވަސްވަރެއްގައިވެސް ރޭގަނޑު އަރާމުކޮށް ނިދާލެވިދާނެ އެވެ. އެކަމަށް ހާއްސަ މޮޅު ޓެކްނީކެއް އެބަ އޮތެވެ.
8-7-4 ބްރީތިން ޓެކްނީކްގެ ނަން ދީފައިވާ މި ކުޑަ ކުޑަ ކަސްރަތަކީ ނިދުމާއިބެހޭ ތަޖުރިބކާރެއް ކަމުގައިވާ އެންޑްރޫ ވެލް ޑިޒައިން ކޮށްފައިވާ ޓެކްނީކެކެވެ. އޭނާ ބުނެފައިވަނީ މި ޓެކްނީކް ބޭނުންކޮށްލުމުން މަދު ވަގުތުކޮޅެއްގެ ތެރޭގައި “ރިލޭކްސް” ކޮށްލާނެ ކަމަށެވެ.
މި ކަސްރަތު ކޮންމެ ތާކުވެސް ކޮށްލެވިދާނެ އެވެ. ނަމަވެސް މި ކަސްރަތުކުރާއިރު ރަނގަޅީ ބުރަކަށި ސީދާވާގޮތަށް އިށީނދެ އިނުންކަމުގައި ވެލް ފާހަގަކުރެ އެވެ.
ކުރަންޖެހޭ ކަމަކީ
- ދޫ މަތީ ތަލީގައި ދަތުގެ ފަހަތުގައި ވިދޭ ގޮތަށް މުޅިކަސްރަތު ނިމެންދެން ހިފަހައްޓާލުން.
- އެގޮތަށް ބައިދާ އަގައިން ނޭވާލުން (އެގޮތަށް ނޭވާލާން އުދަގޫވާނަމަ ތުންފަތް ބޮޑަށް ފުޅާކޮށްލުން)
- އެހެންހަދާއިރު ގުދްރަތީގޮތުން އަންނަ އަޑު ” ވޫޝް”އަޑު ކަނޑުވައިނުލުން،އެއަޑު ނީވޭނަމަ އަޑުއިއްވުން.
- އަނަގައިން ނޭވާ ބޭރުކުރުމަށްފަހު އަނގަ ބަންދުކުރުމަށްފަހު ނޭފަތުން ނޭވާ އެތެރެއަށްލުން.ޖުމްލަ ހަތަރު ސިކުންތު.
- އަނެއްކާވެސް އަނގައިން ނޭވާބޭރުކުރުން. ޖުމްލަ އަށް ސިކުންތު.
- މިގޮތަށް ހަތަރު ފަހަރު ރިޕީޓްކުރުން.
- މިކަމުގައި ސްޓްޕްވޮޗް ބޭނުންކުރެވިދާނެ،ނޫނީ ހިތުންވެސް ސިކުންތު ގުނިދާނެއެވެ.
ވިލް ފާހަގަކޮށްފައިވާގޮތުގައި އެގޮތަށް ހެދުމުން ފުއްޕާމޭގައި ވައި ގިނަވެ ގިނަ އޮކްސިޖަން ލިއްބައިދެ އެވެ. އަދި ރިލެކްސް ވި ކަމުގެ އިހްސާސް ކޮށްދޭނެ އެވެ. އަދި މިއީ އިންޑިއާގައި ކުރީ ޒަމާނުއްސުރެ ކުރަމުން އައިސްފައިވާ ކަސްރަތެއްގެ މައްޗަށް ބިނާކޮށްފައިވާ ޓެކްނިކެއް ކަމުގައި ވިލް ފާހަގަކޮށްފައި ވެ އެވެ.
މި ޓެކްނިކް ބޭނުންކޮށްފައިވާ ގިނަ މީހުން ބުނަނީ މިއީ ވަރަށް ރަނގަޅު އަދި އެފެކްޓިވް ޓެކްނިކެއް ކަމަށެވެ.