އެތަކެއް ބައެއްގެ ލޯބި ހޯދާފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު ހާމަ ކުރެއްވި ގޮތުގައި ހިތުގެ ބަލިމަޑުކަމަށް އޮތް ޝިފާއަކީ ދުޢާއެވެ.
އެގޮތުން ހާސްވެ ކަންބޮޑުވާ ވަގުތު ތަކުގައި ހެއްދެވި ފަރާތަށް ހުށޫޢަތްތެރި ކަމާއެކު ދެންނެވުމާއި، ހިތުގައިވާ އުދާސްތައް ލުއިކޮށް ދެއްވުމަށް މިހުރިހާ ކަމެއް މިންވަރު ކޮށްދެއްވާފައިވާ އިލާހުގެ ކުރިމަތީގައި ޚާލިސް ކަމާއެކު ދެންނެވުން މުހިންމެވެ.
އަދި އުފާވެރިކަން ލިބިގެންނުވާ ކަންކަމުން އުފާ ހޯދަން ނޫޅެ ހަޤީޤީ އުފާވެރިކަން މިންވަރު ކޮށްދެއްވާ ކަލަކީ އެއި ކަމާއި އެފަރާތުން ދެއްވާ އުފާވެރިކަން އެއީ އަބަދަށް ދެމިގެންދާނޭ އުފާވެރި ކަމަކަށް ވުމާއެކު އެފަރާތައް ގިނަ ގިނައިން ދެންނެވުމަށް ޝެއިޚް ނަސޭހަތްތެރިވިއެވެ.