ޚަބަރު
ޓްރީ ޓޮޕް ހޮސްޕިޓަލުން މަލްޓި ސްޕެޝަލްޓީ ހެލްތް ކޭންޕެއް ރ. އުނގޫފާރުގައި ބާއްވަނީ

ޓްރީ ޓޮޕް ހޮސްޕިޓަލުން މަލްޓި ޑިސިޕިލިރަނީ ސްޕެޝަލިސްޓުންގެ ޓީމެއް ހަރަކާތްތެރިވާ މަލްޓިސްޕެޝަލްޓީ ހެލްތް ކޭއްޕެއް ރ.އަތޮޅަށް ހުޅުވާލައިގެން ރ. އުނގޫފާރުގައި އޮކްޓޯބަރ 29 އަދި 30 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ހެލްތް ކޭންޕްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޯތޮޕީޑިކްސް ނުވަތަ ކަށީގެ ހާއްސަ ޑޮކްޓަރުން، އުރަމަތީގެ ކެންސަރުގެ ހާއްސަ ޑޮކްޓަރުން، ނޭވާލާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން، ކަރުން މަތީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން އަދި ޔުރޯލޮޖީ ނުވަތަ ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން ހަރަކާތްތެރިވާނެއެވެ. މިގޮތުން ބަލިމީހުންނަށް ހެލްތް ސްކްރީނިންގ ހަދައިދިނުމުގެ އިތުރުން މި ހެލްތް ކޭންޕްގައި އިތުރު ފަރުވާ ބޭނުންފުޅުވާ ބޭފުޅުންނަށް ރިފަރަލް ހަމަޖައްސައިދިނުމުގެ ފަސޭހަ އިންތިޒާމު ހަމަޖައްސައިފަވެއެވެ. އަދި މި ހެލްތް ކޭންޕްގެ ހެލްތް ސްކްރީނިންގ ހިދުމަތް ފުޅާ ދާއިރާއެއްގައި ހުޅުވާލެވި ގިނަ މެހެމާނުންނަށް ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ހެލްތް ސްކްރީނިންގ ހިދުމަތް ވިހާވެސް ގިނަ މެހެމާނުންނަށް ފޯރުކޮށްދޭން ނިންމާފައިވާކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ފާހަގަކުރެއެވެ.  

ހެލްތް ކޭންޕްގެ ސިއްހީ މާހިރުންގެ ތެރޭގައި ކޮންސަލްޓަންޓް އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސާޖަރީ ޑރ. މުހައްމަދު ހަބީބު، ކޮންސަލްޓަންޓް އީ.އެން.ޓީ ޑރ. ޗަންދުރަޝޭކަރު ރަވަލް،ކޮންސަލްޓަންޓް އޯތޮޕީޑިކްސް ޑރ. އަލީ މުޒްނީ، ކޮންސަލްޓަންޓް ޖެނެރަލް ސާޖަރީ އަދި އުރަމަތީގެ ސަޖަރީއަށް ހާއްސަ ޑރ. ނީޒާ ހަލީމު، ކޮންސަލްޓަންޓް ރެސްޕިރޭޓޮރީ މެޑިސިން ޑރ. ރަގުލާން ރާޖަލިންގަމް އަދި ޔުރޯލޮޖީ ކޮންސަލްޓަންޓް ޑރ. މެހްމަތް އޯޑަރ ހިމެނިވަޑައިގަންނަވައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުންއަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!