މާލޭގެ ސްކޫލެއްގައި ކިޔަވާ ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލައިގައި އެސްކޫލުގެ މަސައްކަތު ހުރިހާ އަންހެނުން ސަސްޕެންޑްކޮށްފިއެވެ.
މިމައްސަލައިގައި ސްކޫލުން ވަނީ މިހާރު 18 ކެމެރާ ސްކޫލުގައި ހަރުކޮށްފައެވެ. މިމައްސަލައިގައި މީގެ ކުރިންވަނީ ދެމީހަކު ސަސްޕެންޑްކޮށްފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީގުން އެގުނުގޮތުގައި މިކަމުގައި ހިމެނެނީ ގަލޮޅު ސްކޫލްގެ މަސައްކަތު އަންހެނެކެވެ. އެހެންނަމަވެސް ވަކި ކާކުކަން ކަނޑައެޅިގެން ނޭގޭތީ ސްކޫލުގެ ހުރިހާ މަސައްކަތު އަންހެނުން ސަސްޕެންޑްކުރީއެވެ.
އަނިޔާ ލިބުނު ހަތަރު އަހަރުގެ ކުއްޖާގެ އާއިލާއިން ބުނެފައިވަނީ މަސައްކަތު މީހަކާ ހަވާލުކޮށްފައި ކުއްޖާ ފާޚާނާއަށް ފޮނުވި ފަހުން ކުއްޖާއަށް ޖިންސީގޯނާކޮށްފައިވާކަމަށާއި ސްކޫލުން އެންގީ އެމަސައްކަތުމީހާ ފާހނގަކުރަން ނޭގޭ ކަމަށެވެ. އަދި ސީސީޓީވީ ފުޓޭޖް ހޯދަން ބަލާލިއިރު އެތަނުގައި ސީސީޓީވީ ކެމެރާއެއްވެސް ނެތްކަމަށް އާއިލާއިން ވަނީ މައުލޫމާތުދީފައެވެ. މީގެ އިތުރުން ކުދިން ތިބި ފްލޯގެ ބަދަލުގައި އެމަސައްކަތުމީހާ ކުއްޖާ ގެންދިޔައީ ގްރައުންޑް ފްލޯގެ ފާޚާނާއަށް ކަމަށް އާއިލާއިން ބުނެފައިވެއެވެ. އަދި ގެޔަށް އައިގޮތަށް ތަދުވެގެން އުޅޭތީ ހޮސްޕިޓަލަށް ދެއްކުމުން އެގުނީ ޖިންސީ ގޯނާ ކޮށްފައިވާ ކަމަށާއި ޑޮކްޓަރުގެ ރިޕޯޓުގައިވާ ގޮތުން ޖިންސީ ގުނަވަނުގެ އެތެރެއިން 1.5 ސެންޓިމީޓަރަށް ވަނީ ކަނޑައިގެން ގޮސްފައި ކަމަށް އާއިލާއިން ހާމަކޮށްފައިވެއެވެ.