ސީއެންއެންގެ ފަރާތުން ތައްޔާރުކުރަމުންދާ ޑޮކިއުމެންޓްރީއެއްގައި ރާއްޖޭގެ މަޝްހޫރު ފަތްމިނި ބޮޑުބެރު ގްރޫޕްގެ ހުށަހެޅުމެއް ދައްކާލުމަށް ފުރުސަތު ލިބިއްޖެއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ފަތްމިނި ބޮޑުބެރު ގްރޫޕް ގެ ލީޑަރ އައިޝަތު ހިޝްމާ ވިދާޅުވީ އިންޓާރނޭޝަނަލް ނިއުސްއެއް ކަމަށްވާ ސީއެންއެންގެ ފަރާތުން ލިބުނު ފުރުސަތަކީ ރާއްޖޭގައި އަންހެނުންގެ ބޮޑުބެރު ޖެހުމާއި ދިވެހި ހެދުން ނުވަތަ ލިބާސް އަދި ބޮޑުބެރު ބެލުންތެރިންގެ ވީޑިއޯ މަންޒަރު ތަކެއް ކަމަށާއި މިއީ އެ ގްރޫޕަށް އަދި ރާއްޖެ އިޝްތިހާރު ކުރުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއްކަމަށެވެ.
ހިޝްމާ ވިދާޅުވީ ޑޮކިއުމެބްޓަރީ އަށް ބޭނުންވާ ހުރިހާ މަންޒަރެއް ވެސް ނަގަނީ މާލޭގައި ނަމަވެސް ޑޮކިއުމެބްޓަރީގެ އެހެނިހެން ސެގްމެޓެތައް ދާނީ މާލެ އިން ބޭރުގައި ކަމަށާއި މި ދުވަސްކޮޅު ގްރޫޕް މުޅިންވެސް މަސައްކަތް ކުރަމުން ދަނީ މި ޝޫޓިބްގ ގައި ކަމަށެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން ހިޝްމާ ވިދާޅުވީ ފަތްމިނި ބޮޑުބެރު ގްރޫޕްގެ ފަރާތުން ހުށަހެޅުން ކުރިޔަށް ގެންދިޔަ ނަމަވެސް ވީޑިއޯ ކްލިޕް ތައް ބޭނުން ކޮށްގެން މުޅި މަސައްކަތް ކުރާނީ ސީއެންއެންގެ ފަރާތުން ކަމަށެވެ.
މިއީ ރާއްޖެއާއިބެހޭ ޑޮކިއުމެންޓަރީގައި ތަފާތު ގިނަ މަންޒަރުތަކާ, ރާއްޖެ ފެނިގެން ދާނެ ކަމަށް ޤަބޫލު ކުރެވެނީ. ވަރަށް ތަފާތު ވެފައި ހިތްގައިމު ވާނެ” ހިޝްމާ ވިދާޅުވިއެވެ.
ފަތްމިނި ބޮޑު ބެރު ގްރޫޕަކީ 2014 ވަނަ އަހަރުގެ މާޗް މަހުގައި ވުޖޫދަށް އައި މުޅިންވެސް ޒުވާން އަންހެނުން ހިމެނޭ ބޮޑުބެރު ގުރޫޕެވެ. ކުޅަދާނަ ހުށަހެޅުމަކާ ފަރި ހަރަކާތްތަކެއް ދައްކައި ދިނުމާއި އެކު ފަތްމިނި ބޮޑުބެރު ގްރޫޕް ގެ ފުރަތަމަ ހުށަހެޅުނު އޮތީ އެއަހަރުގެ އަންހެންގެ ދުވަހުއެވެ.
އޭގެ ފަހުން މިވީ 7 އަހަރުގެ ތެރޭގައި ވަނީ ތަފާތު ހަށަހެޅުން ތަކެއް ހުށަހަޅައި ވަރަށް ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައެވެ.