ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންނަން ހަމަޖެހިފައިވާ ހޭނައްތާ ޑޮކްޓަރު މިއަދުގެ ވަގުތެއްގައި އަންނާނެ ކަމަށް އެހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ސާލިމް އަލީ ވިދާޅުވެއްޖެއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ސާލިމް ވިދާޅުވީ، ކުރިން ހުރި ޑޮކްޓަރ ޗުއްޓީއަށް ދިއުމުން، ވަގުތީ ގޮތުން މެދުކެނޑިފައި އޮތް ހޭނައްތައިގެން ދެވޭ ފަރުވާގެ ހިދުމަތްތައް މިއަދުގެ ވަގުތެއްގައި އަލުން ފެށިގެންދާނެ ކަމަށެވެ.
ސާލިމް އިތުރަށް ވިދާޅުވީ، ޑޮކްޓަރު ގެނައުން ލަސްވެގެން ދިޔައީ ހަމަޖެހިފައިވާ ޑޮކްޓަރުގެ ޓްރެވަލިން ކަންތައްތަކާ ޑޮކިއުމަންޓްސް ފުރިހަމަ ކުރުމަށް ދިމާވި ދަތިތަކަކާ ހުރެ ކަމަށެވެ. ނަމަވެސް މިއަދު ޑޮކްޓަރު އަންނަ ގޮތަށް ޑިއުޓީއަށް ނުކުމެ ޚިދުމަތް ތައް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް މިހާރުވަނީ ފުރިހަމަ ކޮށްފައި ކަމަށްވެސް ސާލިމް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިން ޑރ. އޭއެސްއެމްއެޗް ގައި މަސައްކަތް ކުރަމުންދިޔަ ހޭނައްތާ ޑޮކްޓަރު ޗުއްޓީއަށް ދާން ޖެހުމުން އާންމުކޮށް ކުރަމުން އައި ހޭނައްތައިގެން ކުރާ އޮޕަރޭޝަންތައް މެދުކެޑިފައި އޮންނަތާ 15 ވަރަކަށް ދުވަސްވެދާނެއެވެ. ނަމަވެސް އިމަރޖެންސީ ހާލަތުގައި ކުރަން ޖެހޭ އޮޕަރޭޝަންތަކަށް ޑޮކްޓަރު އެޓެންޑް ވެފައިވާނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.