ހުވަދޫ ކަނޑުގައި ދުއްވަމުންދިޔަ ބޯޓެއް ދިޔަވާ ކަމުގެ މައުލޫމާތޔ ލިބިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި “އަލްމާ ބޯޓު” އަށް ދިޔަވާ ކަމުގެ މައުލޫމާތު ލިބުމުން އެސަރަހައްދަށް ދިއުމަށް އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ކޯސްޓްގާޑް އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް އެނގިފައިނުވެއެވެ.