ގއ ގައި ހިންގާ ރިސޯޓެއް ކަމަށްވާ، ރަފެލްސް މޯލްޑިވްސް މެރަދޫ ކައިރީ ބަންޑުން ޖަހާލާފައި އޮތް ބޯޓެއް އޮޔާ ދަނިކޮށް ނަގާފައިވާ ވީޑިއޯތަކެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.
އެވީޑިއޯ ޕޯސްޓް ކުރި މީހާ ބުނާ ގޮތުން ގާތްގަނޑަކަށް 100 ފޫޓު ދިގުމިނުގެ އެބޯޓު އޮޔާ ދަނީ އެބޯޓާ ކައިރީ އޮތް ފަރަކާ ދިމާލަށް ކަމަށާއި، އަދި އެބޯޓު ފަރަށް އަރައިފި ނަމަ ބޮޑެތި ގެއްލުން ތަކެއް ވެެގެންދާނެ ކަމަށެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބޯޓެއް ބަންޑުން ޖަހާފައި އޮތް ބޯޓެއް އޮޔާ ދާ ކަމުގެ މައުލޫމާތު އަދި ލިބިފައި ނުވާ ކަމަށާއި އަދި އެއީ ކޮންދުވަހަކު ހިނގި ހާދިސާއެއް ކަން އެނގިފައި ނުވާ ކަމަށެވެ.
މިއަދު މިހާތަނަށް އެމްއެންޑީއެފް އަށް ރިޕޯޓުކޮށްފައިވަނީ ކަނޑުމަތީ އެންމެ ހާދިސާއެއް ކަމަށާއި އެއީ އަލްމާ ބޯޓު ދިޔަވާ ކަމުގެ މައުލޫމާތު ކަމަށެވެ. އަދި މީގެ ކުޑައިރުކޮޅެއް ކުރިން އަލްމާ ބޯޓާއި ކޯސްޓް ގާޑުން ގުޅިފައިވާ ކަމަށާއި އެބޯޓުން މައުލޫމާތު ދެއްވި ގޮތުގައި މިހާރު ގއ އަތޮޅަށް ވަންނަމުންދާ ކަމަަށެވެ.
އަދި ޔަގީން ކަމާ އެކު އަލްމާ ބޯޓަށް ވެގެން އުޅޭގޮތް ބުނަން ނޭނގޭ ކަމަށްވެސް އެމްއެންޑީއެފް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.