ޚަބަރު
މިސްކިތުގެ ގަސްބުޑުގައި އިދެ ނިދާ އަންހެނެއް

މާލޭގެ މިސްކިތެއްގެ ގަސްބުޑުގައި އިނދެ ނިދާ އަންހެނެއްގެ މައްސަލަ ބަލައިދިނުމަށް ޖެންޑަރ މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފިއެވެ.

މިއަންހެން މީހާ ކޮންމެ ރެޔަކު އިބްރާހިމް މިސްކިތްގެ ގޯތިތެރޭގައި ހުރި ގަސްބުޑެއްގައި އިނދެ ނިދާކަމަށްބުނެ ސޯސަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯގެ ތަހުޤީގު ފުލުހުން ވަނީ ފަށާފައެވެ. އެފޮޓޯ މީޑީޔާގައި ދައުރުވާން ފެށުމުން ފުލުހުން ވަނީ އޭނާ ފެނޭތޯ އެސަރަހައްދަށް ގޮސްފައެވެ. އެހެން ނަމަވެސް ފުލުހުން ދިޔައިރު އެއަންހެން މީހާ އެތާނކު ނެތެވެ.

އެފޮޓޯ މީޑިޔާއަށް އާންމު ކުރި މީހާ ބުނެފައިވަނީ، ރައްޔިތުން އިންތިހާބު ކުރި ސަރުކާރަކާއި 15 މަޖިލިސް މެމްބަރުންނާއި 17 ކައުންސިލަރުން އަދި މޭޔަރެއް މި މާލޭގައި ހުރެ، ޒިންމާ ނަގާނެ މީހަކު ނެތް ކަމަށެވެ.

މިކަންތައް ތަކުރާރުވޭތޯ ބެލުމަށްޓަކައި ޖެންޑާ މިނިސޓްރީން ވަނީ ފުލުހުންގެ އެހީއަށް އެދިފައެވެ. އަދި މިފަދަ ކަމެއް ތަކުރާރުވާނަމަ 1421 އަށް ގުޅުއްވާ ރިޕޯޓްކުރުމަށް ޖެންޑަރ އިން ވަނީ އަންގާފައެވެ.

މިސްކިތްތަކުގައި މީހުން ނިދާ ކައިބޮއި ހަދާ ކަމުގެ ޝަކުވާތައް މީގެ ކުރިންވެސް ފުލުހުންނަށްވަނީ ލިބިފައެވެ. އެހެންކަމުން ފުލުހުންދަނީ މިސްކިތްތަކުގައި އެގޮތަށް ދިރިއުޅެމުންދާ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެކަންތައް ހުއްޓުވޭތޯ މަސައްކަތް ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!