ޚަބަރު
މޫސުމީ ސަމާލު ނެރުމުން ލައިފްޖެކްޓް އެޅުން ލާޒިމުކޮށް، ބައެއް އުޅަނދު ދުއްވުން މަނާކޮށްފި

މޫސުމީ ސަމާލު ނެރެފައިވާ ސަރަހައްދެއްގައި ދަތުރުކުރާނަމަ ބައެއް ހާލަތްތަކުގައި ލައިފް ޖެކެޓް އެޅުން ލާޒިމްކޮށް، އަދި ބައެއް އުޅަނދުތައް ދުއްވުން މަނާކޮށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ޤަވާއިދު އިސްލާހުކޮށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ގެޒެޓް ކޮށްފިއެވެ.

މި ގަވާއިދަށް އިސްލާހް ގެނެސްފައި މިވަނީ، މި މަހުގައި ކޮށްފައިވާ ގަދަ ވިއްސާރައިގައި ހިގައިފައިވާ ހިތާމަވެރި ކަނޑުމަތީ ހާދިސާއަކާއި ގުޅިގެންނެވެ. މި ހިތާމަވެރި ހާދިސާގައި ވ. އަތޮޅަށް ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައި އަންހެނަކާއި ކުޑަފިރިހެން ކުއޖަކު މޫދަށް ވެއްޓި، އަންހެންމީހާ ނިޔާވެ އަދި އޭނަގެ ފިރިހެން ދަރިފުޅު ގެއްލުނު ހާދިސާ އާއި ގުޅިގެންނެވެ.

ނަމަވެސް ލައިފް ޖެކެޓް އަޅަން މަޖުބޫރުވާ ގޮތަށް ގަވާއިދު އިސްލާހުކުރަން ކުރިންވެސް 2019 ވަނަ އަހަރު ހދ. ނޮޅިވަރަމްފަރުން ފުރައިގެން އެ އަތޮޅު ހަނިމާދު އަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި، އޭގައި ތިބި ފަސް މީހަކު މަރުވި ހާދިސާއަށް ފަހު ސާޗް އެންޑް ރެސްކިއު ނެޝަނަލް ކޮމިޓީން ލަފާދީފައި ވެއެވެ.

ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ޤަވާއިދުގައި ލައިފް ޖެކެޓް އެޅުން ލާޒިމްކުރާ ހާލަތްތައް

މި އިސްލާހުގައި ބުނެފައިވާގޮތުން، ވަށައިގެން ބަންދު ކުރެވިފައި ހުންނަ އުޅަނދުތަކާއި ނުވަ މީޓަރުން މަތީގެ އުޅަނދުތަކުގައި ލައިފްޖެކްޓް އޮންނަންވާނީ ފަސިންޖަރުންގެ އަތުގައި ކަމަށެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރު ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓްކުރާ އުޅަނދުފަހަރުގައި، ބައެއް ހާލަތްތަކުގައި ފަސިންޖަރުން ލައިފް ޖެކެޓް އެޅުވުމާއި، ލައިފްޖެކެޓް އަޅާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ކެޕްޓަންގެ ޒިންމާއެއް ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. އެ ހާލަތްތަކަކީ:

  • 9 މީޓަރުން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ދަތުރެއް ފެށުމުގެ ކުރިން
  • މޫސުމީ ސަމާލު ނެރެފައިވާ ސަރަޙައްދެއްގައި ދަތުރުކުރާނަމަ އެ ސަރަޙައްދެއްގައި އެ ދަތުރެއް ފެށުމުގެ ކުރިން
  • މޫދު ކުޅިވަރަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުފަހަރާއި މުނިފޫހިފިލުވުމަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުފަހަރުގެ ތެރެއިން 9 މީޓަރަށްވުރެ ކުދި އުޅަނދުފަހަރު ދުއްވާނަމަ އެ ދަތުރެއް ފެށުމުކުރިން؛

މީގެ އިތުރުން މި ގަވާއިދުގައި ބުނާގޮތުން އާންމު ދަތުރުފަތުރުގެ ގޮތުގައި ފެރީގެ ޚިދުމަތް ދިނުމަށާއި، މީހުން އުފުލާ ހުރިހާ އުޅަނދުފަހަރުގައި ލައިފްޖެކެޓް ފަސޭހައިން ބޭނުންކުރެވޭގޮތަށް ބަހައްޓަން ވާނެއެވެ. އަދި އުޅަނދު ފުރުމުގެ ކުރިން ލައިފްޖެކެޓް ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ފަސިންޖަރުންނަށް ފޯރުކޮށްދޭންވާނެއެވެ. އަދި ދަތުރުމަތީގައި އެއްވެސް ބޭނުމެއްގައި ނޫނީ އެއްވެސް ޙާލަތެއް މެދުވެރިވެގެން ފަސިންޖަރު ނުވަތަ ފަޅުވެރިން އުޅަނދުގެ ގެ ގަނޑުން ބޭރަށް ނިކުންނަންޖެހޭ ވަގުތުތަކުގައި ބޭރަށް ނުކުންނަންވާނީ ލައިފްޖެކެޓް އަޅައިގެންނެވެ.

އަދި އަޅާފައި ބާއްވައިގެން އޮޕަރޭޓްކުރާ އުޅަނދުފަހަރާއި، ދަތުރެއްގެ މަތީގައި ނަގިލި ލައިފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދުފަހަރުގައި ތިބޭ ފަސިންޖަރުންނާއި ފަޅުވެރިންނަށް ހުރިހާ ވަގުތެއްގައި ލައިފްޖެކެޓް ފަސޭހައިން ލިބޭނެގޮތަށް އުޅަނދުގައި ހަމަޖެހިފައި ހުންނަންވާނެ ކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ.

އުޅަނދު ދުއްވުން މަނާ ހާލަތްތައް

އިސްލާހުކުރި ޤަވާއިދުގައި ވާގޮތުން މޫސުމީ ސަމާލުގެ ތެރެއިން ރީނދޫ، އޮރެންޖް އަދި ރެޑް ސަމާލު ނެރެފައިވާ ސަރަޙައްދެއްގައި، 9 މީޓަރުން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމަކީވެސް އަދި ދަތުރަށް ނުކުތުމަކީވެސް މަނާކަމެކެވެ. ނަމަވެސް، ސަރުކާރުގެ އިދާރާއަކުން ހުއްދަ ލިބިގެން ކުރާ އިމަރޖެންސީ ދަތުރުތައް ކުރުމަށް މި ހާލަތުގައި ހުރަަސް ނާޅައެވެ.

މި ގަވާއިދާ ހިލާފުވެ އިހުމާލުވުމާއި ނުރައްކާތެރި ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން ފަސިންޖަރަކަށް ނުވަތަ ފަޅުވެރިއަކަށް ގެއްލުމެއް ލިބިއްޖެނަމަ އެކަން ތަޙުޤީޤު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވުމުގެ އިޚުތިޔާރު މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވާ ކަމަށް ވެސް އިސްލާހު ކުރި ޤާނޫނުގައި ވަނީ ބުނެފައެވެ.

މިއަދު އާންމުކުރި މި ޤަވާއިދުގައި އިތުރަށް ބުނީ،  ކޮންމެ އުޅަނދެއްގައިވެސް، އެ އުޅަނދު ދަތުރުކުރާ ސަރަހައްދަކަށް ކަނޑައަޅާފައިވާ ކެޓަގަރީއަކަށް ފެތޭގޮތަށް، ކެޕްޓަނުންނާއި ފަޅުވެރިންނާއި، މެރިން މެކޭނިކުން ތިބެންވާނެ އެވެ. އަދި މެރިން މެކޭނިކުންނަކީ ދިވެހި ރައްޔިތުން ކަމުގައި ވާންވާނެ ކަމަށެވެ.

  1. ސްޓާ ޝަމޫ

    ލޮބީގެ ޑޮކުގަ ޑޮކުގަ ޔިގައު މަސްރޭސް