މޯލްޑިވްސް ބިޒްނަސް ސްކޫލުން މާސްޓާސް ހަދާ ދަރިވަރުންނަށް ހާއްސަ އޮފާރތަކެއް ތައާރަފްކޮށްފިއެވެ.
އެކޮލެޖުން ބުނާ ގޮތުގައި “މާސްޓާސް އާލީ ބާޑް” ގެ ދަށުން އެކޮލެޖުން މާސްޓާސް ހަދާ ދަރިވަރުންނަށް ދޭ ޑިސްކައުންޓަކީ އަންނަ ޖެނުއަރީ އިންޓޭކާ ދިމާކޮށް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނެއް ކަމަށެވެ.
މިއޮފާރގެ ދަށުން އަންނަ ޑިސެމްބަރ މަހު 15 ވަނަ ދުވަހުގެ ކުރިން މާސްޓާސް ޑިގްރީއަށް އެދި ހުށަހަޅާ ފަރާތްތަކަށް ވަރަށް ހާއްސަ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.
ބިޒްނަސް ސްކޫލުގެ މާސްޓާސް ޕްރޮގްރާމް ތެރޭގައި ހިމެނެނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ހިޔުމަން ރިސޯސް މެނޭޖުމެންޓެވެ. މިއީ ވާޗުއަލްކޮށް އެއް އަހަރުގެ މުއްދަތަކަށް ކުރިޔަށް ގެންދެވޭ ޕްރޮގްރާމެކެވެ. ހަމައެކަނި ހަފްތާ ބަންދާ ދިމާކޮށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގައި ބައިވެރިވުމަށް ބިޒްނަސް ސްކޫލުގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅޭނެއެވެ.
2010 ވަނަ އަހަރު އުފެދުނު މިކޮލެޖުގެ އަމާޒަކީ އަތްފޯރާ ފަށުގައި ރަނގަޅު ފެންވަރެއްގެ މަތީ ތައުލީމް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. ބިޒްނަސް ސްކޫލުގައި ސެޓްފިކެޓް ލެވެލް ހަތަރަކުން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް އެކި ސްޕެޝަލައިޒޭޝަންތަކުގެ ކޯސްތައް ކުރިއަށް ގެންދެއެވެ.