ހުވަދު އަތޮޅު ދެކުނުބުރީ އޮންނަ ކާއްޑެއްދޫ އެއާރޕޯޓާއި ގދ.ތިނަދޫ އާއި ގުޅާލައި އަދި ކާޑެއްދޫއާއި މަޑަވެލި ގުޅާލުމަކީ ނުހަނު ބޮޑު އެދުމެއް ކަމަށާއި އަދި އެއީ ދެކެން ބޭނުންވާދުވަހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.
މެމްބަރ ފިރުޝާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައު ފިރުޝާން އިތުރަށް ވިދާޅުވީ ކާޑެއްދޫއެއަރޕޯޓަކީ ހުވަދޫގެ ތަރައްޤީއާއި ވަރަށްބޮޑަށްގުޅިފައިވާތަނެއްކަމަށެވެ.
ގދ. ކާޑެއްދޫ އެއާޕޯޓު ވިލާ ކުންފުންޏަށް ދިނުމަށް ސުޕްރީމް ކޯޓުން އަންގާފައިވާއިރު މެމްބަރ ފިރުޝާން ވަނީ ވިލާ ކުންފުންޏަށް ހުވަދޫ ރައްޔިތުން އެދޭގޮތަށް ކާޑެއްދޫތަރައްޤީކުރެވިދާނެތޯ ސުވާލު އުފައްދާފައިއެވެ. ކާޑެއްދޫ އެއާޕޯޓަކީ ޒަމާނުއްސުރެ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ އެއާޕޯޓެއް ކަމަށް ގިނަބަޔަކު ދެކެއެވެ.
ކާޑެއްދޫއެއަރޕޯޓަކީ ހުވަދޫގެ ތަރައްޤީއާއި ވަރަށްބޮޑަށް ގުޅިފައިވާތަނެއް. ތިނަދޫއާއި ކާޑެއްދޫ ގުޅާލާ، ކާޑެއްދޫއާއި މަޑަވެލި ގުޅާލުމަކީ އަޅުގަނޑު ނުހަނު ބޮޑަށް އެދޭ އެދުމެއް އަދި ދެކެން ބޭނުންވާ ދުވަހެއް. ވިލާ ކުންފުންޏަށް ހުވަދޫ ރައްޔިތުން އެދޭގޮތަށް ކާޑެއްދޫ ތަރައްޤީކުރެވިދާނެތޯ؟ https://t.co/9SSvCmBSjq
— Hussain Firushan 🇲🇻 (@husnfirey) November 1, 2021
ކާޑެއްދޫ އެއާޕޯޓު ވިލާ ކުންފުންޏަށް ދިނުމަށް ސުޕްރީމް ކޯޓުން އަންގާފައިވީ ނަމަވެސް, އެކަން ނުވެ އޮތީ އެއާޕޯޓުގެ އެއްބަސްވުމުގައި ހިމެނޭ ފަޅު ރަށެއް މިހާރު ހިމާޔަތްކޮށްފައިއޮތުމުން ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވިދާޅުވެފައެވެ.
ކާޑެއްދޫ އެއާޕޯޓު ވިލާ އެއާއާ ހަވާލުކޮށްފައިވަނީ 2013 ވަނަ އަހަރު އެވެ. ސަރުކާރުން ވިލާ އެއާއާއެކު އެ އެއާޕޯޓު އޮޕަރޭޓްކުރަން ހަދާފަ އޮތް އެއްބަސްވުން އުވާލީ ސިވިލްއޭވިއޭޝަނުގެ މިންގަނޑުތަކާ ހިލާފްވެގެންކަމަށް ބުނެ ޖުލައި 18، 2017 ވަނަ ދުވަހު އެވެ.
އެ އެއާޕޯޓު ރީޖަނަލް އެއާޕޯޓްސްއާ ހަވާލުކުރީ މާޗް 6، 2017 ވަނަ އަހަރު އެވެ. މިހާރު އެ އެއާޕޯޓު އޮޕަރޭޓްކުރަމުން އަންނަނީ ސަރުކާރުންނެވެ.
ތިތަނުގެ ހިދުމަތް އެބަޖެހޭ ރަގަނޅު ކުރަން….ރައްޔަތުން އެދޭ ގޮތަށް ކަންތައް ވާންޖެހޭނެ ކަމަށް ގަބޫލު ކުރަން ..