ޚަބަރު
ރިސޯޓެއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

ކ. އަތޮޅު ރަށްފަޅުހުރާގައި ހިންގާ ޕަޓީނާ މޯލްޑިވްސް ރިސޯޓުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާލިބުނު މީހަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްގައި ނިޔާވެފައިވަނީ އެރިސޯޓުގައި މަސައްކަތް ކުރާ އުމުރުން 33 އަހަރުގެ ބިދޭސީއެކެވެ.

އެކްސިޑެންޓްގައި އަނިޔާވުމުން ފަރުވާއަށް އޭނާ ގެންގޮސްފައިވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ. އޭޑީކޭއިން މައުލޫމާތު ދިން ގޮތުގައި އެހޮސްޕިޓަލަށް އޭނާ ގެންދިޔައިރުވެސް އޮތީ ނިޔާވެފައެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ޕާޓިނާ މޯލްޑިވްސްގައި ކޮންކްރީޓް ބްލޮކެއް ދަށުވެ ބިދޭސީއަކު ނިޔާވެފައިވާ ކަމަށް އިއްޔެ މެންދުރު ފަހު 15:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި ހާދިސާގައި ދިވެހި ދެ ފިރިހެނަކަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!