ޚަބަރު
މިއަދުންފެށިގެން އެސްޓީއޯ ތިނަދޫ ފާމަސީގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި

1 ނޮވެމްބަރުން ފެށިގެން އެސްޓީއޯ ތިނަދޫ ފާމަސީގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ.

އެސްޓީއޯ މެޑިކަލްސް އިން ހިންގާ ތިނަދޫ ފާމަސީގެ ހިދުމަތް މިއަދުން ފެށިގެން 24 ގަޑިއިރަށް ބަދަލުކޮށްފައިވަނީ، ފާމަސީގެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ކޮންމެ ވަގުތަކުވެސް ހިދުމަތް ލިބިދިނުމުގެ ގޮތުން ކަމުގައި އެސްޓީއޯ ރީޖަނަލް ފާމަސީގެ މެނޭޖަރ އަހުމަދު ޝިޔާޛު ނައީމް ވިދާޅުވިއެވެ

ޝިޔާޛު ވިދާޅުވީ، ފާމަސީގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފައި މިވަނީ މިއަދުގެ ސަރުކާރުން ސިއްޙީ ހިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް ކުރާ މަސައްކަތަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށާއި އަދި އަމާޒަކީ ދަތިކަމެށްނެތި ތިނަދޫއާއި އަތޮޅުގެ ހުރިހާ ބޭސްފިހާރައަކުން އަތޮޅުގެ ހުރިހާ ރައްޔިތުންނަށް 24 ގަޑިއިރުގެ ހިދުމަތް ލިބޭނެގޮތް ހަދައި، ރައްޔިތުންގެ ފުރިހަމަ އިތުބާރާއެކު ފާމަސީގެ ހިދުމަތް ފުރިހަމަ ހިދުމަތަކަށް ހެދުން ކަމަށެވެ.

މީގެ ކުރިން އެސްޓިއޯ ތިނަދޫ ފާމަސީގެ ހިދުމަތް ދެމުންގެންދެވީ 16 ގަޑިއިރަށެވެ. އެއީ ހެނދުނު 8 އިން ރޭގަނޑު 12 އާ ހަމައަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!