ޚަބަރު
އިމާރާތަކުން ކުޑަދޮރެއް ވެއްޓި މީހަކަށް އަނިިޔާވެއްޖެ

މާލޭގެ އިމާރާތެއްގެ ފަސްވަނަ ބުރިން ކުޑަދޮރެއް ވެއްޓި މީހަކަށް ސީރިޔަސް އަނިޔާތަކެއް ލިބިއްޖެއެވެ.

މިއަދު މެންދު ހިނގާދިޔަ މިހާދިސާގައި އަނިޔާވެފައިވަނީ މަގުމަތިން އެވަގުތު ހިނގާފައި ދިޔަ ބިދޭސީ ފިރިހެނަކަށެވެ. ބިއްލޫރި ކުޑަދޮރެއް ވެއްޓި އެމީހާގެ ބުރަކަށި ކަފައިގެން ގޮސް، ވަރަށް ބޮޑަށް އޭނާ ޒަޚަމްވި ކަމަށް މަންޒަރުދުށް މީހުން މިޑިޔާއަށް މައުލުމާތުދީފައިވެއެވެ.

މި މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އެއީ މީހުން ނޫޅޭ ފަންގިފިލާއެއް ކަމުން ކުޑަދޮރު ވެއްޓުނު ސަބަބެއް ނޭގޭ ކަމަށާއި ސްލައިޑްކުރާ ބިއްލޫރި ކުޑަދޮރު ވެއްޓި އެ މީހާގެ ބުރަކަށިން ތިނެއް ނުވަތަ ހަތަރު އިންޗި ވަރު ތަނެއް ފުންކޮށް ކަފައިގެން ދިޔަކަމަށެވެ. އަދި ކަފައިގެން ދިޔަތަން ފުންކަމުން ލޭ މަނާކުރަންވެސް ދަތިވިކަމަށެވެ. އެމީހާ ލައިގެން ހުރި ޓީޝާޓުވެސް އޮތީ ލެއިން ފޯވެފައެވެ.

މިމައްސަލައާއި ގުޅޭ ގޮތުން ފުލުހުން ވިދާޅުވީ ގެއެއްގެ ކުޑަދޮރެއް ވެއްޓި މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ގެންދާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!