ޚަބަރު
އިންޓަރނޭޝަނަލް ޕޯޓަކުން ދެވޭނެ ޚިދުމަތް ކޫއްޑޫގައި ޤާއިމްކުރަން ޖެހޭ: ސައުދު

ކޫއްޑޫ ޕޯޓަކީ އެންމެ ގިނަ އަދަދަކަށް ރާއްޖެއިން ކާގޯ އެކްސްޕޯޓްކުރާ ޕޯޓަށްވެފައި، ކޫއްޑޫ ޕޯޓްގައި އިންޓަރނޭޝަނަލް ޕޯޓަކުން ދެވޭނެ ހުރިހާ ޚިދުމަތްތައް ޤާއިމުކުރެވެންޖެހޭނެ ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅި ބޮޑުތިލަދުންމަތީ ޕޯޓާއި ބެހޭ ބިލަށް ބަހުސް ކުރައްވަމުން ސައުދު ވިދާޅުވީ 8ޑިގްރީ ޗެނަލަކީ ރާއްޖެ ހުރަސްކޮށް ދަތުރުކުރާ މެއިން ޕޯޓް ކަމަށާއި މިބަދަލަކީ ރާއްޖޭގެ ތަރައްޤީއަށް ހުޅުވާލެވޭނެ މުހިންމު ދޮރެއް ކަމަށެވެ.

ސައުދު ވިދާޅުވި ގޮތުގައި ކޫއްޑޫ ޕޯޓުން އަހަރެއްގެ މައްޗަށް 40 ހާސް ޓަނުގެ މަސް ޑައިރެކްޓް ކޫއްޑޫއިން ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރެއެވެ. އެހެންނަމަވެސް ހަމައެކަނި މަސް އެކްސްޕޯޓް ކުރުމަށްޓަކައި ކާގޯ ބޯޓަށް ޚިދުމަތްދިނުން ފިޔަވައި އިތުރު އެހެންކަމެއް މިޕޯޓުން ނުކުރާ ކަމަށް ސައުދު ފާހަނގަކޮށްލިއެވެ.

އެހެންކަމުން ހުވަދު އަތޮޅަށް އަދި ވަން އެން ހާފް ޑިގްރީ ޗެނަލް ހުރަސްކޮށް ދަތުރުކުރަމުންދާ ބޯޓުފަހަރަށް ޚިދުމަތް ދެވޭނެ ނިޒާމެއް މާބޮޑު ޚަރަދާ ނުލާ ސަރުކާރުގެ އެޖެންޑާތެރެޔަށް ވައްދައިގެން ޤާއިމުކުރެވިދާނެކަމަށް ސައުދު ވިދާޅުވިއެވެ. އެގޮތުން ކޮންޓެއިނަރ ކެރޭނެއް ބެހެއްޓުމުން ކޮންޓެއިނާގެ ޚިދުމަތް ފެށިގެންދާނެ ކަމަށާއި އިމިގްރޭޝަން ކައުންޓަރެއް ބެހެއްޓުމުން އިމިގްރޭޝަން ޚިދުމަތްވެސް ކޫއްޑޫ ޕޯޓުން ލިބިގެންދާނެ ކަމަށް ސައުދު ވިދާޅުވިއެވެ. ކޫއްޑޫ ޕޯޓުން މިވަގުތުވެސް ބަންކަރު، ފެން އަދި ތެލުގެ ޚިދުމަތުގެ އިތުރުން ކަސްޓަމްސްގެ ޚިދުމަތް ލިބެމުންދާކަމަށް ފާހަނގަ ކުރައްވަމުން ސައުދު ވިދާޅުވަނީ ސަރުކާރުގެ ވިސްނުން ހުންނަންވީ ކޫއްޑޫ ޕޯޓަކީ ހަމައެކަނި މަސް ބޭރުކުރާ ޕޯޓެއްގެ ގޮތުގައި ބޭއްވުން ނޫންކަމަށާއި ސަރުކާރުގެ އެޖެންޑާގެ ތެރެޔަށް މިފަދަ ކަންތައް ވައްދައިގެން ކުޑަ ޚަރަދަކުން ރާއްޖޭގެ މިިއިޤްތިސާދީ ބޮޑުބިޔަ ސިނާއީ ހަރަކާތްތައް ކުރިޔަށް ގެންދެވިދާނެ ކަމަށެވެ.

ސައުދު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިޤްތިސާދު ފުޅާކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ކަނޑުގެ ނެޓްވޯކްތަކުން ބަނދަރުތައް ގުޅާލާ އިންޑިޔާ ކަނޑު ހުރަސްކޮށްފައި ދަތުރުކުރާ ބޯޓުތައް ރާއްޖެއަށް ޓްރާންސިޓް ކުރެވޭނެ މަގެއް ތަނަވަސް ކުރުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!