ތ.އަތޮޅުން މާލެ ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް ފަރަށް އަރައި ފަޅުވެރިޔަކަށް އަނިޔާ ވެއްޖެއެވެ.
މިދޯންޏަކީ “ކޮއި” ނަމަކަށް ކިޔާ ސަޕްލައި ދޯންޏެކެވެ. ދޯނި ފަރަށް އެރީ އިންޖީނު ހުއްޓުމުންނެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާގޮތުގައި، މި ދޯނި ވ.ރަކީދޫ ކަނޑުގެ އިރުމަތި ފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އަންނަނީ ހަރަކާތްތެރިވަމުން ކަމަށެވެ. މި ހާދިސާގައި އަނިޔާވެ ހާލު ދެރަވީ، ދޯނި ފުންކުރުމުގެ މަސައްކަތުގައި އުޅުނު އެ ދޯނީގެ ފަޅުވެރިއަކަށެވެ.
އަނިޔާވި ފަޅުވެރިޔާ ވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާ އެކު މިއަދު ހެނދުނު 09:52 ހާއިރު ރަކީދޫއަށް އަށް ގެންގޮސްފައެވެ.
މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 06:52 ހާއިރުކަމަށް އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.
ފަރަށް އެރި ދޯންޏަކީ ތިން ބިދޭސީންނާއި ދިވެއްސަކު ދަތުރުކުރަމުން ދިޔަ ދޯންޏެވެ. އަނިޔާވެފައި ވަނީ ކޮން ފަރާތަކަކަށް ކަމެއް ސާފުވާގޮތް ވަނީ ނުވެފައެވެ.