ޚަބަރު
ހަތަރު އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މީހާ ދޫކޮށްލައިފި

ގަލޮޅު މަދަރުސާގައި ތައުލީމު ހާސިލު ކުރަމުންދާ ހަތަރު އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ އަންހެންމީހާ ދޫކޮށްލައިފިއެވެ.

ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރެވުނު 63 އަހަރުގެ އަންހެންމީހާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ނުފެންނަ ކަމަށް ޕީޖީ އޮފީހުން ލަފާދީފައިވާތީ އޭނާ ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވެނީ ގަލޮޅު މަދަރުސާގައި މަސައްކަތްކުރާ އަންހެނަކަށެވެ. އެހެންނަމަވެސް ކަނޑައެޅިގެން އެމަސައްކަތު މީހާ ފާހަނގަކުރަން ސްކޫލުގެ ޓީޗަރަށްވެސް އެގިފައިނުވާތީ، މިމައްސަލައިގައި ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އެސްކޫލަށް އަމާޒުވެފައެވެ. ގިނަބަޔަކު ޤަބޫލުކުރާގޮތުގައި އެކުއްޖާ ފާޚާނާއަށް ފޮނުވީ ކޮން މަސައްކަތު މީހަކާ އެކީގައިކަން އެކްލާހުގެ ޓީޗަރަށް އެގެންޖެހެއެވެ. އެސްކޫލުގައި ސީސީޓީވީ ކެމެރާއެއްވެސް ނެތުމުގެ ސަބަބުން އެމީހާ ވަކިކުރަން ނޭގި އެސްކޫލުގެ ހުރިހާ މަސައްކަތު އަންހެނުން ވަނީ ސަސްޕެންޑްކޮށްފައެވެ.

މިމައްސަލަޔާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުޑަކުދިންގެ ރައްކާތެރިކަމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ދަރިވަރުން ފާޚާނާއަށް ފޮނުވުމުގައި، ހަވާލު ކުރާ ފަރާތް އެނގޭނެ ފަދަ ގޮތަކަށް ކަންތައް ކުރުމަށާއި ސްކޫލުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ހުރިހާ ސްކޫލަކަށް ވަނީ އަންގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!