ޚަބަރު
ހަވަރު އޮފީސް ފުޓްސަލް މުބާރާތުގައި 28 މުޢައްސަސާއަކުން 14 ޓީމްގެ ޕްރެކްޓިސް ފަށައިފި

ތިނަދޫ ކައުންސިލް ހަވަރު އޮފީސް ފުޓްސަލް މުބާރާތް، (ޓީސީއެޗްއެފްޓީ) 2021 އަށް އޮފީސްތަކުގެ ޓީމުތަކުން ތައްޔާރުވާން ފަށައިފިއެވެ.

ތިނަދޫ ކައުންސިލުން ތިނަދޫގެ އޮފީސް ތަކަށް މިމަހު 15 ގައި ބާއްވާ ފުޓްސަލް މުބާރާތުގައި ބައިވެރިވާ ޓީމު ތަކުން ޕްރެކްޓިސް ފަށައިގެން ކުރިޔަށް ދާއިރު ޓީމު ތަކުގެ ފަރިތަކުރުން ކުރިޔަށް ދަނީ ތިނަދޫ ގެ އިތުރުން ކާޑެއްދޫގައެވެ.

ތިނަދޫ ކައުންސިލް ހަވަރު އޮފީސް ފުޓްސަލް ޓޯނަމެންޓް 2021 ގައި ބައިވެރިވާ ޓީމް ތަކަކީ:

ކާޑެއްދޫ އެފްސީ

ކްލަބް އޭވިއޭޝަން ސެކިއުރިޓީ – ކާޑެއްދޫ

އެމްއައިބީ

އެމްއެންޔޫ

ދިރާގު

އެސްޓީއޯ

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން

އެމްއެންޑީއެފް

ޕޮލިސް

ޕަބްލިކް ވޯކްސް

ގދ އަތޮޅު ތައުލީމީ މަރުކަޒު

ގދ ތިނަދޫ ކައުންސިލް

ގދ އަތޮޅު ކައުންސިލް

ފެނަކަ ކޯޕަރޭޝަން – ތިނަދޫ ބްރާންޗް

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް

ބައެއް އޮފީސް ތަކުން ޓީމު އެކުލަވާލުމުގެ ފުރުސަތު މިފަހަރުވެސް ލިބުނީ 2 އޮފީސް ނުވަތަ 3 އޮފީސް އެއްކޮށްގެންނެވެ. އެގޮތުން ގދ އަތޮޅު ކައުންސިލާއި ސްޓޭޑިއަމް އެއް ޓީމުގެ ގޮތުގައި ނުކުންނައިރު ކާޑެއްދޫ އެއާޕޯޓް ގެ ޓީމު އެކުލަވާލާފައި ވަނީ ޓަވަރު, މޯލްޑިވިއަން ، ކޭޑީއެމް އަދި މެޓް އެއީ އެއް ޓީމުގެ ގޮތުގައެވެ. ތިނަދޫ އެސްޓީއޯ ގެ ޓީމު ނުކުންނަނީ ތިނަދޫ ގައި ހުންނަ އެސްޓީއޯ ފިއުލްސް ، ތިނަދޫ އައިސް ޕްލާންޓް އަދި ގޭސް ޕްލާންޓް އިން ނަގާ ޓީމެވެ. ޑރ އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓީމުގެ ތެރެއަށް ޕަބްލިކް ހެލްތު އިތުރުވާއިރު ތިނަދޫ ކައުންސިލްގެ ޓީމު ނަގާފައިވަނީ ކޮމިއުނިޓީ ސެންޓަރާއި އިސްލާމީ މަރުކަޒު ގައި ހިނގާ އިސްލާމިކް އެފެޔާޒް އެކުވެގެންނެވެ.

ހަމައެއާއެކު ތަޢުލީމީ މަރުކަޒު ގެ ޓީމުގައި ޖެންޑާ، އެމްއެންޑީއެފް ޓީމަށް ތިނަދޫ ފަތަރު، ދިރާގު ޓީމަށް އަބޫބަކުރު ސްކޫލް ، ޕޯސްޓް އޮފީސް އަދި ބޭންކް އޮފް މޯލްޑިވްސް ވަނީ އިތުރު ކޮއްފައެވެ.

މީގެ އިތުރުން ކާޑެއްދޫ ގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އާއި އެކުވެގެން ނުކުންނާނީ ތިނަދޫ މެޖިސްޓްރޭޓް ކޯޓެވެ. އަދި އިސްލާމިކް ބޭންކް އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަސް ގެ ޓީމަށް މިފަހަރު ދީފައި ވަނީ ތިނަދޫ މިއުޒިއަމް އަދި ފަޔަރ ގެ ސިވިލް މުވައްޒަފުންނެވެ.

ޓީމު ތައް ބައިވެރިވުމަށް މި މަހުގެ 5 އަށް މުއްދަތު އޮތް އިރު މިހާރު ވަނީ ފުރުސަތު ދީފައިވާ 28 މުޢައްސަސާ އިން ވެސް ބައިވެރިވެފައެވެ.

ތިނަދޫ ކައުންސިލުގެ މި އަހަރުގެ އޮފީސް ތަކުގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް ހުށަހަޅާ ފައިވާ ފައިސާ ގެ އިނާމަކީ 10000 ރުފިޔާ އެވެ. ތިނަދޫ ކައުނަސިލްގެ ފަރާތުން ބާއްވާ އޮފީސް ފުޓްސަލް މުބާރާތް އެވޯޑް ކޮށްފައިވާ ހަވަރު ސްޕޯޓްސް އިން މީހާތަނަށް ވަނީ ވަރަށް ކާމިޔާބު އަދި ފުރިހަމަ 7 ފުޓްސަލް މުބާރާތް ތިނަދޫ ގައި ބާއްވާފައެވެ. ހަވަރު ސްޕޯޓްސް އިން އެންމެ ފަހުން އޮފީސް ފުޓްސަލް މުބާރާތެއް ބޭއްވީ 2016 ވަނަ އަހަރުއެވެ. އެ ފަހަރު މުބާރާތް ބާއްވާފައި ވަނީ ތިނަދޫ ފުޓްބޯޅަ ދަނޑު ގައެވެ. މިފަހަރު ފުޓްސަލް މުބާރާތް ބާއްވްން ހަމަޖެހިފައިވަނީ ތިނަދޫ އާރު އަވަށު ފުޓްސަލް ދަނޑުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!