ގއ. ވިލިނގިލި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ގއ. ވިލިނގިލި ބަނދަރު ފުންކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 82 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ.
9.1 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 71،519 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި ނެރު ފުންކުރުމުގެ މަސައްކަތްކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.