ޚަބަރު
ކޮވިޑަށް ފައްސިވި މީހަކު މަރުވެފައި އޮތް ފެންތާނގީން ގިނަ ބަޔަކު ވަނީ ފެންބޮއެފަ

ކޮވިޑް-19އަށް ފައްސިވެފައިވާ މީހަކު ލަންކާގެ ގަމްޕޯލާ ހޮސްޕިޓަލުގައި ހުރި ފެން ތާންގީއަކުން ފެނިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ފުލުސް ސާޖެންޓެއް ކަމަށްވާ އިއާންބޮވަން ނަމަކަށް ކިޔާމީހާ މަރުވެފައި ފެންތާނގީތެރޭގައި އޮންނަތާ 56 ދުވަސްވެފައިވާއިރު އެފެންތާނގީން ގިނަ ބަޔަކު ވަނީ ފެންބޮއެފައެވެ. އޭނާއަކީ ގެއްލިގެން ހޯދަމުންދާ މީހެއް ކަމަށާއި މިހާތަނަށް ހަދާފައިވާ ޓެސްޓުތަކުން ދައްކާ ގޮތުގައި އޭނާވަނީ ކޮވިޑަށް ފައްސިވެފައިވާ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

ލަންކާގައި ހުންނަ މިހޮސްޕިޓަލަކީ ގިނަބަޔަކު ޚިދުމަތް ހޯދަމުންދާ ހޮސްޕިޓަލަކަށްވެފައި ހޮސްޕިޓަލުގެ މުވައްޒަފުންނާއި ހޮސްޕިޓަލަށް ގޮސް ތަފާތު އެކިއެކި ބަލިތަކަށް ފަރުވާ ހޯދާފައިވާ މީހުން ވަނީ މިފެނތާނގީގެ ފެން ބޮއެފައެވެ. އެހެންކަމުން މިމައްސަލައާއި ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުން ގެންދާ ކަމަށް ލަންކާގެ ހޮސްޕިޓަލާ ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

ސާޖަންޓް އިއާންބޮވަން ގެއްލިގެން ހޯދަން ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުގައެވެ. މި މައްސަލަ އެގައުމުގެ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!