މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކަށް ސީރިޔަސް އަނިޔާތަކެއް ލިބިއްޖެއެވެ.
އެމް.އެން.ޑީ.އެފުން ވިދާޅުވި ގޮތުގައި މިއަދު 3:21ގައި މ.އޮޅުހާ ނަމަކަށް ކިޔާ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައި މީހަކު ފިހިފައިވާ ކަމަށާއި އެމީހާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާ ކަމަށެވެ.
އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވރިސް އިން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
މިހާދިސާ ހިގަން މެދުވެރިވި ސަބަބެއް އެމް.އެން.ޑީ.އެފުން ހާމައެއް ނުކުރެއެވެ.