ރިޕޯޓް
ނޮވެމްބަރު 3 ހާދިސާ ގާތުން ތަޖުރިބާކުރި ތިނަދޫއަށް ނިސްބަތްވާ ސިފައިންގެ މީހެއްގެ ދުލުން

މީލާދީން 1988 ނޮވެމްބަރު ތިންވަނަ ދުވަހު ރާއްޖެއަށްދިން ޢުދުވާނީ ހަމަލާއަކީ ދިވެހިންތަކެއް އަޑީގަ ތިބެގެން ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) އާގުޅިގެން ދިން ހަމަލާއެކެވެ. މި ޓެރަރިސްޓް ހަމަލާ ރާވައި، ހިންގުމުގައި ދިވެހިންގެ ތެރެއިން މަދުބަޔަކު، އެކިވަރަށް ވާގިވެރިވެ ދިވެހިޤައުމަށް ޣައްދާރުވެ، ޚިޔާނާތްތެރިވިއެވެ.

ޚާއިނުންނާއި ބޭރުގެ ޓެރަރިސްޓުން ގުޅިގެންދިން މި ޢުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުވެ، 39 ބޭކަލަކު ޒަޚަމްވިއެވެ. ޝަހީދުވި ބޭކަލުންގެ ތެރޭގައި ސިފައިންގެ 8 ބޭކަލުން ހިމެނެއެވެ. ޒަޚަމްވި ބޭކަލުންގެ ތެރޭގައި ސިފައިންގެ 18 ބޭކަލުން ހިމެނެއެވެ. މީގެ އިތުރުން ދުޝްމިނުން ފިލައިގެން ދިއުމަށް ހައިޖެކްކުރި އާގުބޯޓު (ޕްރޮގްރެސްލައިޓް) ގައި މަސައްކަތްކުރަމުންދިޔަ 3 ބިދޭސީއަކުވެސް މި ހަމަލާގައިވަނީ މަރުވެފައެވެ.

އެދުވަހު އުމުރުން އެންމެ 18 އަހަރުގެ ޔާމިން މުހައްމަދު / ހިރިހަމާންތި ގދ ތިނަދޫ އެދުވަހު ސިފައިންގޭގައި ނިދާފައިއޮއްވާ ހޭލެވުނީ ބިރުވެރިކަމާ ނާމާންކަމެއްގެ ތެރެއަށެވެ. އެދުވަހު ކަންތައްވި ގޮތް ޔާމިން ވަނީ އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ކިޔައިދީފައެވެ.

އެގޮތުން ޔާމިންގެ ފޭސްބުކް ޕޯސްޓުގައި ބުނެފައިވާ ގޮތުގައި މިއަދަކީ އޭނާގެ އުމުރުން 18 އަހަރުގައި ޚާއިނުންނާ ދެކޮޅަށް ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރިތާ 32 އަހަރު ފުރޭ ދުވަސްކަމަށާއި، އޭނާ އެއްމެ އުފާވީ އެރޭ ސިފައިންގޭގަ ނިދާލެވުނީމަކަމަށެވެ. އަދި އެދުވަހު ސިފައިންގޭގައި ނުނިދި ނަމަ އެހަނގުރާމައިގައި އޭނާއަށް އަމަލީ ގޮތުން ބައިވެރި ނުވެވުނީސް ކަމަށްވެސް ޔާމިން ބުނެފައިވެއެވެ.

ޔާމިން ބުނި ގޮތުގައި، ނޮވެމްބަރ 3 އައި އިރު އޭރު ސިފައިންގެއިން އެންމެ ފަހުން ވަޒީފާ ދީފައިވަނީ އޭނާއަށް ކަމަށާއި އެވަގުތު ސިފައިންގޭގައި ހުރި އެންމެ ހަނގު ސިފައިންގެ މީހަކީ އޭނާ ކަމަށެވެ.

ޔާމީން އެދުވަސް ސިފަކުރައްވާފައިވަނީ، މިގައުމު މިޖީލުގަ ނުދެކޭ ފަދަ ނުރައްކާ ދުވަހެއް ކަމަށެވެ. އަދި އެދުވަހު ދިވެހި ސިފައިން ފިލީ އޭ ބުނެ ދޮގު ވާހަކަ ފަތުރާ މީހުންނަކީ މިގައުމު ދެކެ ލޯބިނުވާ އަދި އިންސާނީ ހައްގަށްވެސް އިހްތިރާމް ނުކުރާ ބައެއް ކަމަށެވެ.

“އެދުވަހު ސިފައިންގޭގެ ތެރޭގަ އޮފިސަރ ލެވެލްގަ ބިރުން ފިލަން އުޅުނު މީހަކު ނެތް. އަހަރެން އުމުރުން ޅަވެފަ ޖެހިލުމެއް ނެތި އެތާތެރޭ އުޅުނު އިރު އޮފިސަރުން ދިޔައީ ސިފައިންނަށް ހިތްވަރުދެމުން ދިޔަތަން ދުށިން. ބަޑިޖަހާ އަޑަށް އަހަރުމެން ތެދުވެ ވާނުވާ ނޭނގިގެން ކޮޅުކޮޅު ބަލަން ތިއްބާ އޮފިސަރެއް އައިސް އަހަރުމެން ތިބި އިމާތާރަށް ބަޑި ހިފައިގެން އައިސް ހުރި. އަހަރުމެން ކައިރީ ބުނީ ކީއްވެހޭ ތިތިބެނީ. އޭރު އަހަރުމެން ރެކްރޫޓް ތަމްރީނު ނިންމާފަ އައިތާ 10 ދުވަސް ވީ.” ޔާމިން ބުންޏެވެ.

ޔާމިން ބުނީ، އޭރު ސިފައިންގެ ގަވާއިދުގަ ބުނާ ގޮތުގައި ބަޑީގަ އަތްލެވޭނީ ނައިބު ކުރިމަތީ ހުވާކޮށްފަ އަދި ނައިބު އަތުން ބަޑި ދެއްވީމަ ކަމަށެވެ. އެހެން ކަމުން އޮފިސަރ ކައިރީ އަދި ހުވާ ނުކުރާ ކަމަށް ބުނި ކަމަށާއި ބަޑި ނުދެއްވާ ކަަމަށް އޮފިސަރ ކައިރީ ބުނި ކަމަށެވެ. ނަމަވެސް އޮފިސަރ އޯޑަރު ދެއްވީ، ނައިބު ބަޑި ދެއްވައިފި ކަމަށާއި އަވަހަށް ބަޑި ނަގަން ބަޑީ ގުދަނަށް ދާން ބުނުމުން އަވަހަށް ބަޑި ގުދަނަށް އެވަގުތު އެތާނގަ ތިއްބެވި ސިފައިން ދުއްވައިގަތީ ކަމަށެވެ.

“ބަޑި ގުދަންތެރޭ އަަހަރުމެންނަށް ބަޑި ޖަހާނެ ގޮތްވެސް ބުނެދިނީ. އަހަރެން އަހަންނަށް ޝަހީދެއްގެ ލަގަބު ނުލިބުނީ ތިންފަށް އެރި މީހަކު އަހަރެންގެ ބަޑި އަތުލީމަ. ސިފައިންގެ އަގުބަސް ދޮށުން ގޮވާފަ ބުނީ ބޭރަށް ނުކުންނަން ބޭނުންވާ ބަޔަކު އެތަނަށް އަންނަން. ބުނީމަ އަހަރެންވެސް ދިޔައިން އެތަނުން ނިކުންނަން ދިޔަ މީހުންނާއެކު. އަހަރެން ދަނިކޮށް އަހަންނަކީ މާ ކުޑަކުއްޖެއް ކަމަށާއި އަހަންނަށް ބަޑިޔާ ކުޅެން ނޭނގޭނެ ކަމަށްބުނެ އަހަރެން އަތުން ބަޑި އަތުލީ.” ޔާމިން ބުންޏެވެ.

އެދުވަހު އެތަނުން ނުކުމެގެން ދިޔަ ގިނަ ސިފައިން ޝަހީދުވެގެން ދިޔައީ އޭނާގެ ކުރިމަތީގައި ކަމަށާއި، އެސިފައިން ޝަހީދުވެގެން ދިޔައިރު ޝަހާދަތުގެ ދެކަލިމަ ކިޔައި ފެން ދިނުމަށްވެސް ގޮވަމުން ދިޔަ ކަމަށް ޔާމިން ބުނެފައިވެއެވެ.

ޔާމިން ބުނީ، އެދުވަހަކީ ހަނދާނުން ފިލައިގެން ނުދާނެ ދުވަހެއް ކަމަށާއި، އެދުވަހު ދިވެހި ސިފައިން ވެފައިވާ ގުރުބާނީ އަކީ މީހަކު ދައްކާ ވާހަކަ އަކުން ބަދަލުކޮށްލެވޭނެ ހަގީގަތެއް ނޫން ކަމަށެވެ. އަދި ދިވެހިން ފަހުރުވެރިވާފަދަ ގުރުބާނީ ތަކެއް ވެފައިވާ ސިފައިންނާމެދު ބައެއް ސިޔާސީ މީހުން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.

 1. ލިޔާހިތުން

  ޤައުމީލޯބި އޮތްވަރު ސިފައިންގެއެހާ ޅަޢުމުރުގާވެސް ދައްކައިދީފި. ޔާމީނު ސިފައިންގެ ވަޒީފާއުޅުއްވިއިރު ކަނޑުމަތީގަވެސް ބޮޑެތި ޤުރުބާނީތައްވި ގަދަކަނޑަށް ފުންމާލީ ފުރާނައަތްމައްޗަށްލައިގެން މިއަދާހިމައަށްވެސް ސިފައިންގެ ބޭކަލަކަށް ހުރިނަމަ ރަނގަޅު

  • ށަވިޔަނި

   ތިނަދޫ ދަރިއެއްގެ ދުލުން އެދުވަހުގެ ވާހަކަ ޙިއްސާކޮށްދިނީތީ ހުވަދޫނޫހަށް ޝުކުރިއްޔާ ޔާމީންއަކީ ޤައުުމީ ލޭހިނގާ ހިއްވަރުގަދަ ފަހުލަވާނެއް